ދިވެހިރާއްޖެ
މިއިދާރާގެ ނަންބަރު: (IUL)410-P/410/2022/11 (13 ފެބުރުވަރީ 2022) މިއިދާރާއަށް މިތަކެތި ގަތުމަށް ކުރެވުނު އިޢުލާނުގައި ލިއުމުގެ ކުށެއް ލިޔެވިފައިވާތީ އެ އިޢުލާން ބާޠިލުކޮށް، ތިރީގައިމިވާ ތަކެތި ގަތުމަށް އަލުން އިޢުލާން ކުރަމެވެ.
އައިޓަމް |
ބޭނުންވާ އަދަދު |
އިތުރު ތަފްޞީލް |
އޮފީސް މޭޒް |
6 |
އެއްކޮޅުގައި ތަޅުލެވޭ 3 ވައްގަނޑުހުންނަ މޭޒު |
އެގްޒެކްޓިވް ޗެއަރ |
5 |
ހައިބެކް ޗެއަރ |
ޓައިޕިސްޓް ޗެއަރ |
10 |
ކުލަ (ކަޅު) |
ޕްލާސްޓިކް ގޮޑި (އަތްގަނޑުނުލާ) |
50 |
ކުލަ (ހުދު) |
އޮފީސް ސޯފާ ސެޓް |
2 |
6 މީހުންނަށް ބޭނުން ކުރެވޭ |
މިތަކެތި މި ކައުންސިލަށް ވިއްކުމަށް ބިޑް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ހުށަހަޅާ ބިޑް ބަލައިގަތުން އޮންނާނީ އޮންލައިންކޮށް ކަމަށް ދަންނަވަމެވެ. އެހެންކަމުން އޮންލައިންކޮށް ބިޑް ބަލައިގަތުމުގެ ސެޝަނުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 23 ފެބުރުވަރީ 2022ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާގެ [email protected]އަށް މެއިލަށް، ނުވަތަ މިއިދާރާގެ ހޮޓްލައިން ނަންބަރު 7330026 އަށް ވައިބާއިން އެކަން ބަޔާންކޮށް އެފަރާތުގެ ނަމާއި މަޢުލޫމާތު މެސެޖްކޮށް ދެއްވުން އެދެމެވެ. އަދި އެގަޑިއަށް ކައުންސިލް އިދާރާއަށް ހާޒިރުވެ ބިޑް ހުށަހެޅުމަށް ބޭނުންވާ ފަރާތަކަށްވެސް އެމީޓިންގައި ބައިވެރި ވުމުގެ ފުރުޞަތު ދެވޭނެއެވެ. އެފަދަ ފަރާތްތަކުންވެސް ބިޑް ހުށަހަޅާ މީޓިންގައި ބައިވެރިވުމަށް އެދި އިސްވެ ދެންނެވުނު ގޮތަށް އެ މުއްދަތުގައި އެފަރާތުގެ ނަމާއި މަޢުލޫމާތު މެސެޖްކޮށް އެކަން އަންގަން ޖެހޭނެކަމުގައި ދެންނެވީމެވެ.
ވީމާ، މިތަކެތި ފޯރުކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ތިރީގައިމިވާ މައުލޫމާތާއިއެކު ބިޑް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
ބިޑް ގައި ހުންނަންޖެހޭ މަޢުލޫމާތު:
1- ހުށަހަޅާ ފަރާތުގެ ނަން ( ވިއްކާ ކޮމްޕެނީ/ފަރާތުގެ ނަމާއިއެޑްރެސް، ގުޅޭނެ ފޯން ނަންބަރ، އީމެއިލް އެޑްރެސް،ފެކްސް ނަންބަރ )
2- ތަކެތީގެ ކުލަ ފޮޓޯ.
3- ތަކެތީގެ އަގު (ދިވެހި ރުފިޔާއިން).
4- ތަކެތި ފޯރުކޮށްދޭނެ މުއްދަތު.
5- މަސައްކަތުގެ ތަޖުރިބާ ބަޔާންކުރުން.
6- (ނޯޓް) މަސައްކަތުގެ ތަޖުރިބާ މިންކުރެވޭނީ އެކަން ކަށަވަރު ކޮށްދިނުމަށް ހުށަހަޅާ، (ކަމާއި ގުޅޭ ދާއިރާއަކުން މަސައްކަތްކޮށް ނިންމައި އެމަސައްކަތް ބަލައިގަނެ އެމަސައްކަތެއް ހަވާލުކުރި، ހުށަހަޅާ ފަރާތުގެ އެޑްރެހުގައި ދޫކުރާ ލިޔުންނޫން، އެހެން ފަރާތްތަކުން ދީފައިވާ)، ލިޔެކިއުންތަކުގެ / ބިލުގެ ނިސްބަތުންނެވެ.
7- މި ދެންނެވި މަޢުލޫމާތު ހިމެނޭގޮތަށް ވިއްކާ ފަރާތުގެ އަމިއްލަ ފޯމެޓްގައި ބިޑް ހުށަހެޅުއްވުން.
މި އިދާރާއިން ބަލާނެ ކަންތައްތައް:
- މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ރަޖިސްޓްރީކޮށްގެން ގަވާއިދުން ހިންގާ ކަމާއި ގުޅޭ ދާއިރާގެވިޔަފާރި ކުރާ ފަރާތެއްތޯ
- ހުށަހެޅުން 30 ދުވަހުގެ ކުރިން ކެންސަލްކޮށްގެން ނުވާނެކަން
މާކްސް ދެވޭގޮތުގެ ތަފްސީލު:
- ބިޑް އިވެލުއޭޓް ކުރާނީ މި ކައުންސިލްގެ އިދާރާއިން ކަނޑައަޅާ ބިޑް އިވެލުއޭޝަން ކޮމިޓީއަކުންނެވެ.
- ބިޑް އިވެލުއޭޝަން ކޮމިޓީއިން ބިޑް އިވެލުއޭޓްކުރުމަށް ފަހު، ބިޑް ކާމިޔާބު ކުރެވުނު ފަރާތަށާއި ނުކުރެވުނު ފަރާތްތަކަށް އެކަން އަންގައިދެވޭނެއެވެ.
- ބިޑް އިވެލުއޭޝަނާއި ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ ބިޑް ކަނޑާތާ 05 ދުވަހުގެ ތެރޭގައި، މި ކައުންސިލްގެ އިދާރާއަށް ސިޓީއަކުން ހުށަހެޅުއްވުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ.
ފޯމިއުލާ |
ތަފުސީލު |
މާކްސް ދެވޭ ގޮތް |
މާކްސްދެވޭ ކްރައިޓީރިއާ |
(Benchmark Price / Submitted Price) x Allocated Percentage |
|
%70 |
އަގު |
( Submitted years of experience / Benchmark years ) x Allocated Percentage |
|
10% |
ތަޖުރިބާ |
(Benchmark Delivery Period / Submitted Delivery Period) x Allocated Percentage |
|
20% |
މަސައްކަތް ނިންމާ މުއްދަތު |
ބިޑް ހުށަހެޅުމާއި ބަލައިގަތުން:
- ބިޑް ހުށަހަޅުއްވާނީ މި އިދާރާއަށެވެ.
- ބިޑް ބަލައިގަތުމުގެ ސެޝަނުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 23 ފެބުރުވަރީ 2022ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން ނަން ނޯޓްކޮށްފައިވާ ފަރާތްތަކުން ބިޑް ހުށަހަޅަންވާނީ މިކަމަށް 24 ފެބުރުވަރީ 2022ވާ ބުރާސްފަތި ދުވަހު 10:30ގައި ބައްވާ އޮންލައިން މީޓިން ކުރިޔަށް ދާއިރު އެވަގުތު މިއިދާރާގެ މެއިލް [email protected] އަށް ބިޑް ހުށަހަޅުމަށް ފުރުޞަތު ހުޅުވާލުން އެ ބިޑް އެފަރާތްތަކުން ހުށަހަޅައިގެންނެވެ.
- ބިޑް ޗެކްކުރުން އޮންނާނީ މިމީޓިންގައި ބައިވެރިވާ ފަރާތްތަކުގެ އެއްހާޒިރުގައެވެ.
- އަދި ބިޑް ބަލައިގަތްކަމުގެ ލިޔުން މިބައްދަލުވުމުގައި ބިޑްހުށަހަޅާ ފަރާތްތަކުގެ މެއިލް މެދުވެރިކޮށް ފޮނުވޭނެވެ.
- މި މަސައްކަތް ޙަވާލު ކުރެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަނުން އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކަށެވެ.
- މި މަސައްކަތް ކުރުމަށް ހަވާލުކުރެވޭނީ ބިޑް ކާމިޔާބުކުރާ ފަރާތާއި މިކައުންސިލާއި ދެމެދު ކުރެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.
މިހެންވެ މިވާހަކަ ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.