ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)410-P/410/2022/14
ޕަބްލިޝްކުރި ތާރީޚް: 17 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 22:33
ސުންގަޑި: 24 ފެބުރުވަރީ 2022 10:30
ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މި އިދާރާއަށް ބޭނުންވާ ފަރުނީޗަރު ގަތުމާއި ބެހޭ

މިއިދާރާގެ ނަންބަރު: (IUL)410-P/410/2022/11 (13 ފެބުރުވަރީ 2022) މިއިދާރާއަށް މިތަކެތި ގަތުމަށް ކުރެވުނު އިޢުލާނުގައި ލިއުމުގެ ކުށެއް ލިޔެވިފައިވާތީ އެ އިޢުލާން ބާޠިލުކޮށް، ތިރީގައިމިވާ ތަކެތި ގަތުމަށް އަލުން އިޢުލާން ކުރަމެވެ.

އައިޓަމް

ބޭނުންވާ އަދަދު

އިތުރު ތަފްޞީލް

އޮފީސް މޭޒް

6

އެއްކޮޅުގައި ތަޅުލެވޭ 3 ވައްގަނޑުހުންނަ މޭޒު

އެގްޒެކްޓިވް ޗެއަރ

5

ހައިބެކް ޗެއަރ

ޓައިޕިސްޓް ޗެއަރ

10

ކުލަ (ކަޅު)

ޕްލާސްޓިކް ގޮޑި (އަތްގަނޑުނުލާ)

50

ކުލަ (ހުދު)

އޮފީސް ސޯފާ ސެޓް

2

6 މީހުންނަށް ބޭނުން  ކުރެވޭ

 

މިތަކެތި މި ކައުންސިލަށް ވިއްކުމަށް ބިޑް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ހުށަހަޅާ ބިޑް ބަލައިގަތުން އޮންނާނީ އޮންލައިންކޮށް ކަމަށް ދަންނަވަމެވެ. އެހެންކަމުން އޮންލައިންކޮށް ބިޑް ބަލައިގަތުމުގެ ސެޝަނުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 23 ފެބުރުވަރީ 2022ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާގެ   [email protected]އަށް މެއިލަށް، ނުވަތަ މިއިދާރާގެ ހޮޓްލައިން ނަންބަރު 7330026 އަށް ވައިބާއިން އެކަން ބަޔާންކޮށް އެފަރާތުގެ ނަމާއި މަޢުލޫމާތު މެސެޖްކޮށް ދެއްވުން އެދެމެވެ. އަދި އެގަޑިއަށް ކައުންސިލް އިދާރާއަށް ހާޒިރުވެ ބިޑް ހުށަހެޅުމަށް ބޭނުންވާ ފަރާތަކަށްވެސް އެމީޓިންގައި ބައިވެރި ވުމުގެ ފުރުޞަތު ދެވޭނެއެވެ. އެފަދަ ފަރާތްތަކުންވެސް ބިޑް ހުށަހަޅާ މީޓިންގައި ބައިވެރިވުމަށް އެދި އިސްވެ ދެންނެވުނު ގޮތަށް އެ މުއްދަތުގައި އެފަރާތުގެ ނަމާއި މަޢުލޫމާތު މެސެޖްކޮށް އެކަން އަންގަން ޖެހޭނެކަމުގައި ދެންނެވީމެވެ.

ވީމާ، މިތަކެތި ފޯރުކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ތިރީގައިމިވާ މައުލޫމާތާއިއެކު ބިޑް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

ބިޑް ގައި ހުންނަންޖެހޭ މަޢުލޫމާތު:

1-      ހުށަހަޅާ ފަރާތުގެ ނަން ( ވިއްކާ ކޮމްޕެނީ/ފަރާތުގެ ނަމާއިއެޑްރެސް، ގުޅޭނެ ފޯން ނަންބަރ، އީމެއިލް އެޑްރެސް،ފެކްސް ނަންބަރ )

2-      ތަކެތީގެ ކުލަ ފޮޓޯ.

3-      ތަކެތީގެ އަގު (ދިވެހި ރުފިޔާއިން).

4-      ތަކެތި ފޯރުކޮށްދޭނެ މުއްދަތު.

5-      މަސައްކަތުގެ ތަޖުރިބާ ބަޔާންކުރުން.

6-      (ނޯޓް) މަސައްކަތުގެ ތަޖުރިބާ މިންކުރެވޭނީ އެކަން ކަށަވަރު ކޮށްދިނުމަށް ހުށަހަޅާ، (ކަމާއި ގުޅޭ ދާއިރާއަކުން މަސައްކަތްކޮށް ނިންމައި އެމަސައްކަތް ބަލައިގަނެ އެމަސައްކަތެއް ހަވާލުކުރި، ހުށަހަޅާ ފަރާތުގެ އެޑްރެހުގައި ދޫކުރާ ލިޔުންނޫން، އެހެން ފަރާތްތަކުން ދީފައިވާ)، ލިޔެކިއުންތަކުގެ / ބިލުގެ ނިސްބަތުންނެވެ.

7-      މި ދެންނެވި މަޢުލޫމާތު ހިމެނޭގޮތަށް ވިއްކާ ފަރާތުގެ އަމިއްލަ ފޯމެޓްގައި ބިޑް ހުށަހެޅުއްވުން.

 

މި އިދާރާއިން ބަލާނެ ކަންތައްތައް:

  •  މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ރަޖިސްޓްރީކޮށްގެން ގަވާއިދުން ހިންގާ ކަމާއި ގުޅޭ ދާއިރާގެވިޔަފާރި ކުރާ ފަރާތެއްތޯ
  •  ހުށަހެޅުން 30 ދުވަހުގެ ކުރިން ކެންސަލްކޮށްގެން ނުވާނެކަން

މާކްސް ދެވޭގޮތުގެ ތަފްސީލު:

  • ބިޑް އިވެލުއޭޓް ކުރާނީ މި ކައުންސިލްގެ އިދާރާއިން ކަނޑައަޅާ ބިޑް އިވެލުއޭޝަން ކޮމިޓީއަކުންނެވެ.
  • ބިޑް އިވެލުއޭޝަން ކޮމިޓީއިން ބިޑް އިވެލުއޭޓްކުރުމަށް ފަހު، ބިޑް ކާމިޔާބު ކުރެވުނު ފަރާތަށާއި ނުކުރެވުނު ފަރާތްތަކަށް އެކަން އަންގައިދެވޭނެއެވެ.
  • ބިޑް އިވެލުއޭޝަނާއި ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ ބިޑް ކަނޑާތާ 05 ދުވަހުގެ ތެރޭގައި، މި ކައުންސިލްގެ އިދާރާއަށް ސިޓީއަކުން ހުށަހެޅުއްވުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ.

ފޯމިއުލާ

ތަފުސީލު

މާކްސް ދެވޭ ގޮތް

މާކްސްދެވޭ ކްރައިޓީރިއާ

(Benchmark Price / Submitted Price) x Allocated Percentage

  • މަސައްކަތުގެ ޖުމްލަ އަގަށް (މަސައްކަތުގެ އަގާއި ތަކެތީގެ އަގަށް) ދެވޭ މާކްސް.
  • މާކްސްދެވޭނީ ބިޑް ހުށަހަޅާ ފަރާތްތަކުން ހުށަހަޅާފައިވާ އަގުތަކާއި، މި އިދާރާއިން އަންދާޒާކުރާ އަގާއި އަޅައި ބަލާއިރު އެންމެ އެކަށީގެންވާ ކަމަށް މިއިދާރާގެ ބިޑް އިވެލުއޭޝަން އިން ފާސްވާ އަގަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ ހުށަހެޅުންތަކުގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން މި ކްރައިޓީރިއާއިން އެންމެ ގިނަ މާކްސް ލިބޭނީ މި އިދާރާގެ ބިޑް އިވެލުއޭޝަން އިން ބެންޗް މާރކްގެ ގޮތުގައި ކަނޑައަޅާ އަގު ހުށަހަޅާ ފަރާތަކަށެވެ.

%70

އަގު

( Submitted years of experience / Benchmark  years  ) x Allocated Percentage

  • މާކްސް ދެވޭނީ ބިޑް ހުށަހަޅާ ފަރާތްތަކުން ހުށަހަޅާ މަސައްކަތު ތަޖުރިބާއިން ހޭދަވި މުއްދަތާއި އަދި ކުރެވިފައިވާ މަސައްކަތުގެ މިންވަރާއި އަޅައި ބަލައި މިއިދާރާގެ ބިޑް އިވެލުއޭޝަން އިން ފާސްވާ އެންމެ ތަޖުރިބާ ބޮޑު ފަރާތަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ހުރިހާ ފަރާތެއްގެ މެދުގައި ލިބޭ % އެއް
  • މިގޮތުން މި ކްރައިޓީރިއާއިން އެންމެ ގިނަ މާކްސް ލިބޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަން އިން ބެންޗް މާރކްގެ ގޮތުގައި ކަނޑައަޅާ ފަރާތަކަށެވެ.

10%

ތަޖުރިބާ

(Benchmark Delivery Period / Submitted Delivery Period) x Allocated Percentage

  • މަސައްކަތް ކުރުމަށް ހުށަހަޅާ މުއްދަތަށް ދެވޭ މާރކްސް.
  • މާކްސް ދެވޭނީ ބިޑް ހުށަހަޅާ ފަރާތްތަކުން މަސައްކަތް ކުރުމަށް ހުށަހަޅާ އެންމެ އަވަސް މުއްދަތަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ހުރިހާ ފަރާތެއްގެ މެދުގައި ލިބޭ % އެއް
  • މިގޮތުން މި ކްރައިޓީރިއާއިން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ އަވަސް މުއްދަތުހުށަހެޅި ފަރާތަކަށެވެ.

20%

މަސައްކަތް ނިންމާ މުއްދަތު

 

ބިޑް ހުށަހެޅުމާއި ބަލައިގަތުން:

  • ބިޑް ހުށަހަޅުއްވާނީ މި އިދާރާއަށެވެ.
  • ބިޑް ބަލައިގަތުމުގެ ސެޝަނުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 23 ފެބުރުވަރީ 2022ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން  ނަން ނޯޓްކޮށްފައިވާ ފަރާތްތަކުން ބިޑް ހުށަހަޅަންވާނީ މިކަމަށް 24 ފެބުރުވަރީ 2022ވާ ބުރާސްފަތި ދުވަހު 10:30ގައި ބައްވާ އޮންލައިން މީޓިން ކުރިޔަށް ދާއިރު އެވަގުތު މިއިދާރާގެ މެއިލް [email protected] އަށް ބިޑް ހުށަހަޅުމަށް ފުރުޞަތު ހުޅުވާލުން އެ ބިޑް އެފަރާތްތަކުން ހުށަހަޅައިގެންނެވެ.
  • ބިޑް ޗެކްކުރުން އޮންނާނީ މިމީޓިންގައި ބައިވެރިވާ ފަރާތްތަކުގެ އެއްހާޒިރުގައެވެ.
  • އަދި ބިޑް ބަލައިގަތްކަމުގެ ލިޔުން މިބައްދަލުވުމުގައި ބިޑްހުށަހަޅާ ފަރާތްތަކުގެ މެއިލް މެދުވެރިކޮށް ފޮނުވޭނެވެ.
  • މި މަސައްކަތް ޙަވާލު ކުރެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަނުން އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކަށެވެ.
  • މި މަސައްކަތް ކުރުމަށް ހަވާލުކުރެވޭނީ ބިޑް ކާމިޔާބުކުރާ ފަރާތާއި މިކައުންސިލާއި ދެމެދު ކުރެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.

މިހެންވެ މިވާހަކަ ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

17 ފެބުރުވަރީ 2022