ދިވެހިރާއްޖެ
އިޢުލާން
ކުނި އުކާލުމާއި ކުނި ނައްތާލުމާ ބެހޭ އާންމު އުސޫލް 2017 އަށް އިސްލާހުގެނައުމުގެ އުސޫލު ގެޒެޓްކުރުން:
2017 ޖޫން 1 ވަނަ ދުވަހު އާއްމުކޮށްފައިވާ ކުނި އުކާލުމާއި ކުނި ނައްތާލުމާ ބެހޭ އާންމު އުސޫލް ނަންބަރު (RUL)-A/342/2017/01 އަށް ތިރީގައި ބަޔާންކުރާ އިސްލާހުތައް ގެނައުމަށް މިކައުންސިލްގެ 4 ވަނަ ދައުރުގެ 34 ވަނަ އާންމު ޖަލްސާއިން ވަނީ ނިންމަވާފައެވެ. މިހެންކަމުން މި އުސޫލްއަށް ޢަމަލުކުރުމަށްޓަކައި ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފީމެވެ.
- ބުނެވިޔަ އުސޫލްގެ 11 ވަނަ މާއްދާއަށް ނަންބަރެއް (ވ) އިތުރުކޮށް އަންނަނިވިގޮތަށް އިޞްލާހުކުރުން
- (ވ) މި ނަންބަރުގެ (ހ) ގައި ބަޔާންކޮށްފައިވާ ކުނި އުކުމުގެފީ އެއްވެސް ފަރާތަކުން 12 (ބާރަ) މަސްދުވަހަށް އެއްކޮށް ކުރިއާލައި ދައްކާނަމަ 1 (އެކެއް) މަހުގެ ފީ އުނިކޮށް، ޖުމްލަ 11 މަހުގެ ކުނީގެ ފީ އަށްވާ ފައިސާ ދެއްކިދާނެއެވެ.
- ބުނެވިޔަ އުސޫލުގެ 16 ވަނަ މާއްދާ އަންނަނިވިގޮތަށް އިސްލާހުކުރުން
16. ޚިދުމަތުގެ ރަޖިސްޓްރީއިން އުނިކުރުން
(ހ) ހިދުމަތް ބޭނުންނުކުރާތާ 6 (ހައެއް) މަސްވެފައިވާ ތަންތަން ހިދުމަތުގެ ރަޖިސްޓްރީއިން އުނިކުރެވޭނެއެވެ. ރަޖިސްޓްރީއިން އުނިކުރެވޭ ތަންތަން އަލުން ރަޖިސްޓްރީ ކުރެވޭނީ އަލުން ހިދުމަތަށް އެދިގެންނެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
14 ރަޖަބް 1443
15 ފެބްރުވަރީ 2022