ދެންނެވުން
ނަންބަރު: (IUL)342/2022/23
ޕަބްލިޝްކުރި ތާރީޚް: 15 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 14:25
ސުންގަޑި: 24 ފެބުރުވަރީ 2022 14:00
އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނި އުކާލުމާއި ކުނި ނައްތާލުމާ ބެހޭ އާންމު އުސޫލް 2017 އަށް އިސްލާހުގެނައުމުގެ އުސޫލު ގެޒެޓްކުރުން:

އިޢުލާން

ކުނި އުކާލުމާއި ކުނި ނައްތާލުމާ ބެހޭ އާންމު އުސޫލް 2017 އަށް އިސްލާހުގެނައުމުގެ އުސޫލު ގެޒެޓްކުރުން:

                     2017 ޖޫން 1 ވަނަ ދުވަހު އާއްމުކޮށްފައިވާ ކުނި އުކާލުމާއި ކުނި ނައްތާލުމާ ބެހޭ އާންމު އުސޫލް ނަންބަރު (RUL)-A/342/2017/01  އަށް ތިރީގައި ބަޔާންކުރާ އިސްލާހުތައް ގެނައުމަށް މިކައުންސިލްގެ 4 ވަނަ ދައުރުގެ 34 ވަނަ އާންމު ޖަލްސާއިން ވަނީ ނިންމަވާފައެވެ. މިހެންކަމުން މި އުސޫލްއަށް ޢަމަލުކުރުމަށްޓަކައި ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފީމެވެ.

  1. ބުނެވިޔަ އުސޫލްގެ 11 ވަނަ މާއްދާއަށް ނަންބަރެއް (ވ) އިތުރުކޮށް އަންނަނިވިގޮތަށް އިޞްލާހުކުރުން
  2. (ވ) މި ނަންބަރުގެ (ހ) ގައި ބަޔާންކޮށްފައިވާ ކުނި އުކުމުގެފީ އެއްވެސް ފަރާތަކުން 12 (ބާރަ) މަސްދުވަހަށް އެއްކޮށް ކުރިއާލައި ދައްކާނަމަ 1 (އެކެއް) މަހުގެ ފީ އުނިކޮށް، ޖުމްލަ 11 މަހުގެ ކުނީގެ ފީ އަށްވާ ފައިސާ ދެއްކިދާނެއެވެ.
  3. ބުނެވިޔަ އުސޫލުގެ 16 ވަނަ މާއްދާ އަންނަނިވިގޮތަށް އިސްލާހުކުރުން

16. ޚިދުމަތުގެ ރަޖިސްޓްރީއިން އުނިކުރުން

    (ހ) ހިދުމަތް ބޭނުންނުކުރާތާ 6 (ހައެއް) މަސްވެފައިވާ ތަންތަން ހިދުމަތުގެ ރަޖިސްޓްރީއިން އުނިކުރެވޭނެއެވެ. ރަޖިސްޓްރީއިން އުނިކުރެވޭ ތަންތަން އަލުން ރަޖިސްޓްރީ ކުރެވޭނީ އަލުން ހިދުމަތަށް އެދިގެންނެވެ.

                     މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

14 ރަޖަބް 1443                   

 15 ފެބްރުވަރީ 2022

 

15 ފެބުރުވަރީ 2022