ޢަފީފުއްދީންސްކޫލް
ދިވެހިރާއްޖެ
ބައުވެފައި ހުރިތަކެތި ނީލަން ކިޔުން

އިޢުލާން

މި ސްކޫލްގައި ބޭނުންކޮށް ބައުވެފައިހުރި ތަކެތި ނީލަންކިޔުމާ ބެހޭ

 

                                މި ސްކޫލްގައި ބޭނުންކޮށް ބައުވެފައިހުރި ތަކެތި ނީލަން ކިޔުން   2022 ފެބްރުއަރީ 26 ވާ ހޮނިހިރު ދުވަހު ހަވީރު 4:15 ގައި މި ސްކޫލްގައި އޮންނާނެއެވެ.  

                                މި ނީލަމުގައި ބައިވެރިވެ ވަޑައިގަތުމަށް ބޭނުންވާ ބޭފުޅުން 2022 ފެބްރުއަރީ 26 ވާ ހޮނިހިރު ދުވަހު ހަވީރު 4:15 އަށް މި ސްކޫލަށް ވަޑައިގެންނެވުން އެދެމެވެ. މި ނީލަމުގައި ބައިވެރިވެ، ތަކެތި ނަންގަވާ ފަރާތްތަކުން ފައިސާ ދެއްކެވުމަށްފަހު ނީލަން ނިމޭތާ ގިނަވެގެން 2 ގަޑިއިރުތެރޭ ތަކެތި ގެންގޮސް، ބިން ސާފުކުރައްވަންވާނެއެވެ.

   ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަން ވާނެއެވެ. އަދި ނީލަމުގައި ބައިވެރިވެވަޑައިގަންނަވާ ހުރިހާ ފަރާތްތަކުންވެސް އެޗް.ޕީ.އޭ ގެ ގައިޑްލައިނާއި އެއްގޮތަށް މާސްކް އަޅުއްވައިގެން ވަޑައިގެންނެވުމަށް އިލްތިމާސް ކުރަމެވެ.

  •  އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
  • ޢަފީފުއްދީން ސްކޫލް / ކުޅުދުއްފުށި ސިޓީ
  • ފޯން: 6528041 ، 6528046
  • އީ-މެއިލް :[email protected]

                ވީމާ، ޝައުޤުވެރިވާ ފަރާތްތަކުން މި ނީލަމުގައި ބައިވެރިވެލެއްވުން އެދި، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

14 ފެބުރުވަރީ 2022
ހޯދާ