ދިވެހިރާއްޖެ
އިޢުލާން
މި ސްކޫލްގައި ބޭނުންކޮށް ބައުވެފައިހުރި ތަކެތި ނީލަންކިޔުމާ ބެހޭ
މި ސްކޫލްގައި ބޭނުންކޮށް ބައުވެފައިހުރި ތަކެތި ނީލަން ކިޔުން 2022 ފެބްރުއަރީ 26 ވާ ހޮނިހިރު ދުވަހު ހަވީރު 4:15 ގައި މި ސްކޫލްގައި އޮންނާނެއެވެ.
މި ނީލަމުގައި ބައިވެރިވެ ވަޑައިގަތުމަށް ބޭނުންވާ ބޭފުޅުން 2022 ފެބްރުއަރީ 26 ވާ ހޮނިހިރު ދުވަހު ހަވީރު 4:15 އަށް މި ސްކޫލަށް ވަޑައިގެންނެވުން އެދެމެވެ. މި ނީލަމުގައި ބައިވެރިވެ، ތަކެތި ނަންގަވާ ފަރާތްތަކުން ފައިސާ ދެއްކެވުމަށްފަހު ނީލަން ނިމޭތާ ގިނަވެގެން 2 ގަޑިއިރުތެރޭ ތަކެތި ގެންގޮސް، ބިން ސާފުކުރައްވަންވާނެއެވެ.
ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަން ވާނެއެވެ. އަދި ނީލަމުގައި ބައިވެރިވެވަޑައިގަންނަވާ ހުރިހާ ފަރާތްތަކުންވެސް އެޗް.ޕީ.އޭ ގެ ގައިޑްލައިނާއި އެއްގޮތަށް މާސްކް އަޅުއްވައިގެން ވަޑައިގެންނެވުމަށް އިލްތިމާސް ކުރަމެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
- ޢަފީފުއްދީން ސްކޫލް / ކުޅުދުއްފުށި ސިޓީ
- ފޯން: 6528041 ، 6528046
- އީ-މެއިލް :[email protected]
ވީމާ، ޝައުޤުވެރިވާ ފަރާތްތަކުން މި ނީލަމުގައި ބައިވެރިވެލެއްވުން އެދި، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.