ށ. އަތޮޅުމަދަރުސާ
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން.

އިއުލާން

 

މަދަރުސާގެ ސެކިޔުރިޓީ ބަލަހައްޓައި ދޭނޭ ފަރާތެއް ހޯދުން

 

              2022ވަނަ އަހަރަށް މ މަދަރުސާގެ ސެކިޔުރިޓީ ބަލަހައްޓައިދޭނޭ ފަރާތެއް ހޯދުމަށް ވަނީ ބޭނުންވެފައެވެ.

             ވީމާ ، މި މަދަރުސާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މިމަދަރުސާގެ ސެކިޔުރިޓީ ބަލަހައްޓައި ދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚު ތަކުގައި މި މަދަރުސާއަށް ޙާޟިރުވެލައްވާ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

 

ބީލަމަށް ރަޖިސްޓްރީ  ކުރުމާއި، މައުލޫމާތު ހަވާލުކުރުން

2022 ފެބްރުއަރީ 14 އިން 2022 ފެބްރުއަރީ 20 އަށް ބަންދުނޫން ކޮންމެ ދުވަހެއްގެ 09:00 ން 12:00އަށް.    ( ބީލަމަށް ރަޖިސްޓަރ ކުރެވޭނީ ތިރީގައިވާ ލިންކުންނެވެ)   https://bit.ly/3LHvsPM

މަޢުލޫމާތު ސާފުކުރެއްވުން

2022 ފެބްރުއަރީ 20 ވާ އާދިއްތަ ދުވަހާ ހަމަޔަށް، ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ 9:00 ން 12:00 އަށް.

ބީލަން ހުށަހެޅުއްވުން

2022 ފެބްރުއަރީ 22 ވާ އަންގާރަދުވަހުގެ 12:00 ގައި ށ.އަތޮޅު މަދަރުސާގައި.

 

   މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

   އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި " ށ.އަތޮޅުމަދަރުސާގެ ސެކިޔުރިޓީ ބެލެހެއްޓުން " މިހެން ލިޔެފައި އޮންނަންވާނެއެވެ.

             އަދި ދަންނަވެމެވެ. މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅުމާއި ރަޖިސްޓްރީ ކުރުމަށް ހަމަޖެހިފައިވާ މުއްދަތުގައި ރަޖިސްޓްރީކޮށް މަޢުލޫމާތު ކަރުދާސް ނުގެންދަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

14 ފެބުރުވަރީ 2022
ހޯދާ