ދިވެހިރާއްޖެ
އިއުލާން
މަދަރުސާގެ ސެކިޔުރިޓީ ބަލަހައްޓައި ދޭނޭ ފަރާތެއް ހޯދުން
2022ވަނަ އަހަރަށް މ މަދަރުސާގެ ސެކިޔުރިޓީ ބަލަހައްޓައިދޭނޭ ފަރާތެއް ހޯދުމަށް ވަނީ ބޭނުންވެފައެވެ.
ވީމާ ، މި މަދަރުސާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މިމަދަރުސާގެ ސެކިޔުރިޓީ ބަލަހައްޓައި ދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚު ތަކުގައި މި މަދަރުސާއަށް ޙާޟިރުވެލައްވާ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
ބީލަމަށް ރަޖިސްޓްރީ ކުރުމާއި، މައުލޫމާތު ހަވާލުކުރުން |
2022 ފެބްރުއަރީ 14 އިން 2022 ފެބްރުއަރީ 20 އަށް ބަންދުނޫން ކޮންމެ ދުވަހެއްގެ 09:00 ން 12:00އަށް. ( ބީލަމަށް ރަޖިސްޓަރ ކުރެވޭނީ ތިރީގައިވާ ލިންކުންނެވެ) https://bit.ly/3LHvsPM |
މަޢުލޫމާތު ސާފުކުރެއްވުން |
2022 ފެބްރުއަރީ 20 ވާ އާދިއްތަ ދުވަހާ ހަމަޔަށް، ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ 9:00 ން 12:00 އަށް. |
ބީލަން ހުށަހެޅުއްވުން |
2022 ފެބްރުއަރީ 22 ވާ އަންގާރަދުވަހުގެ 12:00 ގައި ށ.އަތޮޅު މަދަރުސާގައި. |
މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި " ށ.އަތޮޅުމަދަރުސާގެ ސެކިޔުރިޓީ ބެލެހެއްޓުން " މިހެން ލިޔެފައި އޮންނަންވާނެއެވެ.
އަދި ދަންނަވެމެވެ. މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅުމާއި ރަޖިސްޓްރީ ކުރުމަށް ހަމަޖެހިފައިވާ މުއްދަތުގައި ރަޖިސްޓްރީކޮށް މަޢުލޫމާތު ކަރުދާސް ނުގެންދަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.