ދިވެހިރާއްޖެ
މިއިދާރާއަށް ތިރީގައިމިވާ ތަކެތިގަތުމަށް ބޭނުންވެއްޖެ އެވެ.
އައިޓަމް |
ބޭނުންވާ އަދަދު |
ސްޕެސިފިކޭޝަން |
ޑެސްކްޓޮޕް ކޮމްޕިޓަރ ސިސްޓަމް (ފުލް ކޮމްޕްލީޓް ސިސްޓަމް) |
5 |
i7 processor, 16GB RAM, 1TB hard disk, 22″ Monitor (Full Complete System) |
ވީމާ، މިތަކެތި ފޯރުކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ތިރީގައިމިވާ މައުލޫމާތާއިއެކުބިޑް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
ބިޑް ގައި ހުންނަންޖެހޭ މަޢުލޫމާތު:
1- ހުށަހަޅާ ފަރާތުގެ ނަން ( ވިއްކާ ކޮމްޕެނީ/ފަރާތުގެ ނަމާއިއެޑްރެސް، ގުޅޭނެ ފޯން ނަންބަރ، އީމެއިލް އެޑްރެސް،ފެކްސް ނަންބަރ )
2- ތަކެތީގެ ސްޕެސިފިކޭޝަން.
3- ތަކެތީގެ ކުލަ ފޮޓޯ.
4- ތަކެތީގެ އަގު (ދިވެހި ރުފިޔާއިން).
5- ތަކެތި ފޯރުކޮށްދޭނެ މުއްދަތު.
6- ތަކެތީގެ ވޮރެންޓީ ޕީރިއަޑުގެ މުއްދަތު.
7- މަސައްކަތުގެ ތަޖުރިބާ ބަޔާންކުރުން.
8- (ނޯޓް) މަސައްކަތުގެ ތަޖުރިބާ މިންކުރެވޭނީ އެކަން ކަށަވަރު ކޮށްދިނުމަށް ހުށަހަޅާ، (ކަމާއި ގުޅޭ ދާއިރާއަކުން މަސައްކަތެއްކޮށް ނިންމައި އެމަސައްކަތް ބަލައިގަނެ އެމަސައްކަތެއް ހަވާލުކުރި، ހުށަހަޅާ ފަރާތުގެ އެޑްރެހުގައި ދޫކުރާ ލިއުންނޫން، އެހެން ފަރާތްތަކުން ދީފައިވާ)،ލިޔެކިއުންތަކުގެ ނިސްބަތުންނެވެ.
9- މި ދެންނެވި މަޢުލޫމާތު ހިމެނޭގޮތަށް ވިއްކާ ފަރާތުގެ އަމިއްލަ ފޯމެޓްގައި ބިޑް ހުށަހެޅުއްވުން.
މި އިދާރާއިން ބަލާނެ ކަންތައްތައް:
- މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ރަޖިސްޓްރީކޮށްގެން ގަވާއިދުން ހިންގާ ކަމާއި ގުޅޭ ދާއިރާގެވިޔަފާރި ކުރާ ފަރާތެއްތޯ
- ހުށަހެޅުން 30 ދުވަހުގެ ކުރިން ކެންސަލްކޮށްގެން ނުވާނެކަން
މާކްސް ދެވޭގޮތުގެ ތަފްސީލު:
- ބިޑް އިވެލުއޭޓް ކުރާނީ މި ކައުންސިލްގެ އިދާރާއިން ކަނޑައަޅާ ބިޑް އިވެލުއޭޝަން ކޮމިޓީއަކުންނެވެ.
- ބިޑް އިވެލުއޭޝަން ކޮމިޓީއިން ބިޑް އިވެލުއޭޓްކުރުމަށް ފަހު، ބިޑް ކާމިޔާބު ކުރެވުނު ފަރާތަށާއި ނުކުރެވުނު ފަރާތްތަކަށް އެކަން އަންގައިދެވޭނެއެވެ.
- ބިޑް އިވެލުއޭޝަނާއި ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ ބިޑް ކަނޑާތާ 05 ދުވަހުގެ ތެރޭގައި، މި ކައުންސިލްގެ އިދާރާއަށް ސިޓީއަކުން ހުށަހެޅުއްވުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ.
ފޯމިއުލާ |
ތަފުސީލު |
މާކްސް ދެވޭ ގޮތް |
މާކްސްދެވޭ ކްރައިޓީރިއާ |
(Benchmark Price / Submitted Price) x Allocated Percentage |
|
%70 |
އަގު |
( Submitted years of experience / Benchmark years ) x Allocated Percentage |
|
10% |
ތަޖުރިބާ |
(Benchmark Delivery Period / Submitted Delivery Period) x Allocated Percentage |
|
10% |
މަސައްކަތް ނިންމާ މުއްދަތު |
(Submitted Warranty Period / Submitted Benchmark WarrantyPeriod) x Allocated Percentage
|
|
10% |
ވޮރަންޓީ މުއްދަތު |
ބިޑް ހުށަހެޅުމާއި ބަލައިގަތުން:
- ބިޑް ހުށަހަޅުއްވާނީ މި އިދާރާއަށެވެ.
- ހުށަހަޅުއްވާ ބިޑް ހުށަހަޅަންވާނީ މިކަމަށް 21 ފެބުރުވަރީ 2022 ވާ ހޯމަ ދުވަހު 13:00 ގައި ބައްވާ އޮންލައިން މީޓިން ކުރިޔަށް ދާއިރު އެވަގުތު މިއިދާރާގެ މެއިލް [email protected] އަށް ބިޑް ހުށަހަޅަންބޭނުންވާ ފަރާތްތަކުން ބިޑް ސަބްމިޓް ކުރުމަށް މިއިދާރާއިން ދެންނެވުމުން އެކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ބިޑްތައް ހުށަހަޅާނީއެވެ.
- ބިޑްތައް ލިބުމުން ބިޑްތައް ޗެކްކުރުން އޮންނާނީ މިމީޓިންގައި ބައިވެރިވާ ފަރާތްތަކުގެ އެއްހާޒިރުގައެވެ.
- އަދި ބިޑްތައް ބަލައިގަތްކަމުގެ ލިޔުން މިބައްދަލުވުމުގައި ބިޑްހުށަހަޅާފަރާތްތަކުގެ މެއިލް މެދުވެރިކޮށް ފޮނުވޭނެވެ.
- މި މަސައްކަތް ޙަވާލު ކުރެވޭނީ ބިޑް އިވެލުއޭޝަނުން އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކަށެވެ.
- މި މަސައްކަތް ކުރުމަށް ހަވާލުކުރެވޭނީ ބިޑް ކާމިޔާބުކުރާ ފަރާތާއި މިކައުންސިލާއި ދެމެދު ކުރެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.
މިހެންވެ މިވާހަކަ ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.