ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)410-P/410/2022/10
ޕަބްލިޝްކުރި ތާރީޚް: 13 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 11:10
ސުންގަޑި: 21 ފެބުރުވަރީ 2022 13:00
ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މި އިދާރާއަށް ބޭނުންވާ ކޮމްޕިއުޓަރ ސިސްޓަމްތައް ގަތުމާބެހޭ

މިއިދާރާއަށް ތިރީގައިމިވާ ތަކެތިގަތުމަށް ބޭނުންވެއްޖެ އެވެ.

 

އައިޓަމް

ބޭނުންވާ އަދަދު

ސްޕެސިފިކޭޝަން

ޑެސްކްޓޮޕް ކޮމްޕިޓަރ ސިސްޓަމް

(ފުލް ކޮމްޕްލީޓް ސިސްޓަމް)

5

i7 processor, 16GB RAM, 1TB hard disk, 22″ Monitor (Full Complete System)

 

ވީމާ، މިތަކެތި ފޯރުކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ތިރީގައިމިވާ މައުލޫމާތާއިއެކުބިޑް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

ބިޑް ގައި ހުންނަންޖެހޭ މަޢުލޫމާތު:

1- ހުށަހަޅާ ފަރާތުގެ ނަން ( ވިއްކާ ކޮމްޕެނީ/ފަރާތުގެ ނަމާއިއެޑްރެސް، ގުޅޭނެ ފޯން ނަންބަރ، އީމެއިލް އެޑްރެސް،ފެކްސް ނަންބަރ )

2- ތަކެތީގެ ސްޕެސިފިކޭޝަން.

3- ތަކެތީގެ ކުލަ ފޮޓޯ.

4- ތަކެތީގެ އަގު (ދިވެހި ރުފިޔާއިން).

5- ތަކެތި ފޯރުކޮށްދޭނެ މުއްދަތު.

6- ތަކެތީގެ ވޮރެންޓީ ޕީރިއަޑުގެ މުއްދަތު.

7- މަސައްކަތުގެ ތަޖުރިބާ ބަޔާންކުރުން.

8- (ނޯޓް) މަސައްކަތުގެ ތަޖުރިބާ މިންކުރެވޭނީ އެކަން ކަށަވަރު ކޮށްދިނުމަށް ހުށަހަޅާ، (ކަމާއި ގުޅޭ ދާއިރާއަކުން މަސައްކަތެއްކޮށް ނިންމައި އެމަސައްކަތް ބަލައިގަނެ އެމަސައްކަތެއް ހަވާލުކުރި، ހުށަހަޅާ ފަރާތުގެ އެޑްރެހުގައި ދޫކުރާ ލިއުންނޫން، އެހެން ފަރާތްތަކުން ދީފައިވާ)،ލިޔެކިއުންތަކުގެ ނިސްބަތުންނެވެ.

9- މި ދެންނެވި މަޢުލޫމާތު ހިމެނޭގޮތަށް ވިއްކާ ފަރާތުގެ އަމިއްލަ ފޯމެޓްގައި ބިޑް ހުށަހެޅުއްވުން.

 

މި އިދާރާއިން ބަލާނެ ކަންތައްތައް:

  •  މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ރަޖިސްޓްރީކޮށްގެން ގަވާއިދުން ހިންގާ ކަމާއި ގުޅޭ ދާއިރާގެވިޔަފާރި ކުރާ ފަރާތެއްތޯ
  •  ހުށަހެޅުން 30 ދުވަހުގެ ކުރިން ކެންސަލްކޮށްގެން ނުވާނެކަން

މާކްސް ދެވޭގޮތުގެ ތަފްސީލު:

  • ބިޑް އިވެލުއޭޓް ކުރާނީ މި ކައުންސިލްގެ އިދާރާއިން ކަނޑައަޅާ ބިޑް އިވެލުއޭޝަން ކޮމިޓީއަކުންނެވެ.
  • ބިޑް އިވެލުއޭޝަން ކޮމިޓީއިން ބިޑް އިވެލުއޭޓްކުރުމަށް ފަހު، ބިޑް ކާމިޔާބު ކުރެވުނު ފަރާތަށާއި ނުކުރެވުނު ފަރާތްތަކަށް އެކަން އަންގައިދެވޭނެއެވެ.
  • ބިޑް އިވެލުއޭޝަނާއި ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ ބިޑް ކަނޑާތާ 05 ދުވަހުގެ ތެރޭގައި، މި ކައުންސިލްގެ އިދާރާއަށް ސިޓީއަކުން ހުށަހެޅުއްވުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ.

ފޯމިއުލާ

ތަފުސީލު

މާކްސް ދެވޭ ގޮތް

މާކްސްދެވޭ ކްރައިޓީރިއާ

(Benchmark Price / Submitted Price) x Allocated Percentage

  • މަސައްކަތުގެ ޖުމްލަ އަގަށް (މަސައްކަތުގެ އަގާއި ތަކެތީގެ އަގަށް) ދެވޭ މާކްސް.
  • މާކްސްދެވޭނީ ބިޑް ހުށަހަޅާ ފަރާތްތަކުން ހުށަހަޅާފައިވާ އަގުތަކާއި، މި އިދާރާއިން އަންދާޒާކުރާ އަގާއި އަޅައި ބަލާއިރު އެންމެ އެކަށީގެންވާ ކަމަށް މިއިދާރާގެ ބިޑް އިވެލުއޭޝަން އިން ފާސްވާ އަގަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ ހުށަހެޅުންތަކުގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން މި ކްރައިޓީރިއާއިން އެންމެ ގިނަ މާކްސް ލިބޭނީ މި އިދާރާގެ ބިޑް އިވެލުއޭޝަން އިން ބެންޗް މާރކްގެ ގޮތުގައި ކަނޑައަޅާ އަގު ހުށަހަޅާ ފަރާތަކަށެވެ.

%70

އަގު

( Submitted years of experience / Benchmark  years  ) x Allocated Percentage

  • މާކްސް ދެވޭނީ ބިޑް ހުށަހަޅާ ފަރާތްތަކުން ހުށަހަޅާ މަސައްކަތު ތަޖުރިބާއިން ހޭދަވި މުއްދަތާއި އަދި ކުރެވިފައިވާ މަސައްކަތުގެ މިންވަރާއި އަޅައި ބަލައި މިއިދާރާގެ ބިޑް އިވެލުއޭޝަން އިން ފާސްވާ އެންމެ ތަޖުރިބާ ބޮޑު ފަރާތަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ހުރިހާ ފަރާތެއްގެ މެދުގައި ލިބޭ % އެއް
  • މިގޮތުން މި ކްރައިޓީރިއާއިން އެންމެ ގިނަ މާކްސް ލިބޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަން އިން ބެންޗް މާރކްގެ ގޮތުގައި ކަނޑައަޅާ ފަރާތަކަށެވެ.

10%

ތަޖުރިބާ

(Benchmark Delivery Period / Submitted Delivery Period) x Allocated Percentage

  • މަސައްކަތް ކުރުމަށް ހުށަހަޅާ މުއްދަތަށް ދެވޭ މާރކްސް.
  • މާކްސް ދެވޭނީ ބިޑް ހުށަހަޅާ ފަރާތްތަކުން މަސައްކަތް ކުރުމަށް ހުށަހަޅާ އެންމެ އަވަސް މުއްދަތަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ހުރިހާ ފަރާތެއްގެ މެދުގައި ލިބޭ % އެއް
  • މިގޮތުން މި ކްރައިޓީރިއާއިން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ އަވަސް މުއްދަތުހުށަހެޅި ފަރާތަކަށެވެ.

10%

މަސައްކަތް ނިންމާ މުއްދަތު

(Submitted Warranty Period / Submitted Benchmark WarrantyPeriod) x Allocated Percentage

 

  • ވޮރަންޓީ މުއްދަތަށް ދެވޭ މާރކްސް.
  • މާކްސް ދެވޭނީ ބިޑް ހުށަހަޅާ ފަރާތްތަކުން އެންމެ ދިގު މުއްދަތަކަށް ވޮރަންޓީދޭ ފަރާތަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ހުރިހާ ފަރާތެއްގެ މެދުގައި ލިބޭ % އެއް
  • މިގޮތުން މި ކްރައިޓީރިއާއިން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ގިނަދުވަސްތަކަކަށް ވޮރަންޓީ މުއްދަތުހުށަހެޅި ފަރާތަކަށެވެ.

10%

ވޮރަންޓީ މުއްދަތު

 

ބިޑް ހުށަހެޅުމާއި ބަލައިގަތުން:

  • ބިޑް ހުށަހަޅުއްވާނީ މި އިދާރާއަށެވެ.
  • ހުށަހަޅުއްވާ ބިޑް ހުށަހަޅަންވާނީ މިކަމަށް 21 ފެބުރުވަރީ 2022 ވާ ހޯމަ ދުވަހު 13:00 ގައި ބައްވާ  އޮންލައިން މީޓިން ކުރިޔަށް ދާއިރު އެވަގުތު މިއިދާރާގެ މެއިލް [email protected] އަށް ބިޑް ހުށަހަޅަންބޭނުންވާ ފަރާތްތަކުން ބިޑް ސަބްމިޓް ކުރުމަށް މިއިދާރާއިން ދެންނެވުމުން އެކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ބިޑްތައް ހުށަހަޅާނީއެވެ.
  • ބިޑްތައް ލިބުމުން ބިޑްތައް ޗެކްކުރުން އޮންނާނީ މިމީޓިންގައި ބައިވެރިވާ ފަރާތްތަކުގެ އެއްހާޒިރުގައެވެ.
  • އަދި ބިޑްތައް ބަލައިގަތްކަމުގެ ލިޔުން މިބައްދަލުވުމުގައި ބިޑްހުށަހަޅާފަރާތްތަކުގެ މެއިލް މެދުވެރިކޮށް ފޮނުވޭނެވެ.
  • މި މަސައްކަތް ޙަވާލު ކުރެވޭނީ ބިޑް އިވެލުއޭޝަނުން އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކަށެވެ.
  • މި މަސައްކަތް ކުރުމަށް ހަވާލުކުރެވޭނީ ބިޑް ކާމިޔާބުކުރާ ފަރާތާއި މިކައުންސިލާއި ދެމެދު ކުރެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.

މިހެންވެ މިވާހަކަ ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

13 ފެބުރުވަރީ 2022