ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނީލަން ކިޔުން

މިއދާރާގެ ނަމްބަރ: (IUL)248-CAFA/248/2022/16 08 ފެބުރުވަރީ  2022 ގެ އިއުލާންގައިވާ އަލަށް ގޯތި ދޫކޮށްފައިވާ ޞަރަޙައްދުގެ މަގުތަކާއި ހުސްބިން ތަކުން ކަނޑާފައިވާ ރުއްގަހުގެ ( 10 ފެބުރުވަރީ 2022، 11 ފެބުރުވަރީ 2022 ) ނީލަން ކިއުން ވިއްސާރަވެ އެސަރަހައްދުގައި ފެންބޮޑުވެފައިވާތީ، އެދުވަސްތަކުގެ ނީލަން ކިޔުން ކެންސަލް ކޮށްފީމެވެ. އަލުން ނީލަން ކިއުމަށް ހަމަޖެހިފައިވާ ދުވަސް ތިރީގައި އެވަނީއެވެ.  

ނީލަން ކިއުމަށް ހަމަޖެހިފައިވާ ދުވަހާއި ގަޑި

ނީލަން އޮންނަ ދުވަސް:

13 ފެބުރުވަރީ 2022 ( އާދީއްތަ )

ގަޑި

ހެނދުނު : 9.00 ގައި

ތަން :

ކައްޕީނިމަގު ( ޕްރީސްކޫލް ކައިރި )

މިނީލަމުގައި ވާހައި ގިނަ ފަރާތްތަކަކުން ބައިވެރިވެ ވަޑައިގެން ދެއްވުމަކީ މިއިދާރާގެ އެދުމެކެވެ. ނީލަމުން ނަންގަވާ ރުއްގަހުގެ އަގު ވަގުތުން އަދާ ކުރައްވަން ޖެހޭނެއެވެ. ވަގުތުން އަގު އަދާ ނުކުރައްވާ ނީލަންތައް ކެންސަލްކޮށް އަލުން ނީލަން ކިޔޭނެއެވެ.

ނީލަމުން ނަންގަވާ ރުއްގަސް 3 ދުވަހުގެ ތެރޭގައި ގެންދަވަން ވާނެއެވެ. 3 ދުވަހުގެ ތެރޭގައި ނުގެންދަވާ ރުއްގަސް ބޭނުންނެތީކަމުގައި ބަލައި، އުކައިލެވޭނެއެވެ.

މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

10 ފެބުރުވަރީ 2022
ހޯދާ