ދިވެހިރާއްޖެ
މިއދާރާގެ ނަމްބަރ: (IUL)248-CAFA/248/2022/16 08 ފެބުރުވަރީ 2022 ގެ އިއުލާންގައިވާ އަލަށް ގޯތި ދޫކޮށްފައިވާ ޞަރަޙައްދުގެ މަގުތަކާއި ހުސްބިން ތަކުން ކަނޑާފައިވާ ރުއްގަހުގެ ( 10 ފެބުރުވަރީ 2022، 11 ފެބުރުވަރީ 2022 ) ނީލަން ކިއުން ވިއްސާރަވެ އެސަރަހައްދުގައި ފެންބޮޑުވެފައިވާތީ، އެދުވަސްތަކުގެ ނީލަން ކިޔުން ކެންސަލް ކޮށްފީމެވެ. އަލުން ނީލަން ކިއުމަށް ހަމަޖެހިފައިވާ ދުވަސް ތިރީގައި އެވަނީއެވެ.
ނީލަން ކިއުމަށް ހަމަޖެހިފައިވާ ދުވަހާއި ގަޑި
ނީލަން އޮންނަ ދުވަސް: |
13 ފެބުރުވަރީ 2022 ( އާދީއްތަ ) |
ގަޑި |
ހެނދުނު : 9.00 ގައި |
ތަން : |
ކައްޕީނިމަގު ( ޕްރީސްކޫލް ކައިރި ) |
މިނީލަމުގައި ވާހައި ގިނަ ފަރާތްތަކަކުން ބައިވެރިވެ ވަޑައިގެން ދެއްވުމަކީ މިއިދާރާގެ އެދުމެކެވެ. ނީލަމުން ނަންގަވާ ރުއްގަހުގެ އަގު ވަގުތުން އަދާ ކުރައްވަން ޖެހޭނެއެވެ. ވަގުތުން އަގު އަދާ ނުކުރައްވާ ނީލަންތައް ކެންސަލްކޮށް އަލުން ނީލަން ކިޔޭނެއެވެ.
ނީލަމުން ނަންގަވާ ރުއްގަސް 3 ދުވަހުގެ ތެރޭގައި ގެންދަވަން ވާނެއެވެ. 3 ދުވަހުގެ ތެރޭގައި ނުގެންދަވާ ރުއްގަސް ބޭނުންނެތީކަމުގައި ބަލައި، އުކައިލެވޭނެއެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.