ދިވެހިރާއްޖެ
މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ކ.ގާފަރު، ދިވެހިރާއްޖެ ނަމްބަރ:331/331/2022/8(IUL)
އިޢުލާން
ސެޓްފިކެޓް 3 އިން ޖަނާއިޒު ކޯސް ހިންގުމާއިގުޅޭ
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީއާއި ގާފަރު ކައުންސިލާއި ގުޅިގެން 6 މަސް ދުވަހުގެ މުއްދަތައް ސެޓްފިކެޓް 3 އިން ޖަނާއިޒު ކޯސް މިރަށުގައި ހިންގުމަށްވަނީ ހަމަޖެހިފައެވެ. މިކޯހުގެ ބޭނުމަކީ ހިނަވާ ކަފުންކުރުމުގެ މަސައްކަތް ވީހާވެސް ގިނަބަޔަކަށް ދަސްކޮށްދިނުމެވެ.
* މިކޯސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބްލެންޑެޑް މޯޑަށެވެ.
* މިކޯހުގެ 4 ބްލޮކް ކުރިއަށް ގެންދެވޭނީ ފޭސްޓް ފޭސްކޮށެވެ. ބާކީ ހުރި ގަޑިތައް ކުރިއަށް ގެންދެވޭނީ އޮންލައިކޮށެވެ.
* މި ކޯހުގެ ފީ އަކީ ޖުމްލަ: 2320.00 ރުފިޔާއެވެ. ގާފަރުގެ ރައްޔިތުންނަށް ކޯހުގެ ފީގެ ½ މިކައުންސިލުން ދައްކައިދިނުމަށް ވަނީ ހަމަޖެހިފައެވެ.
* މިކޯސް ފެށުމަށް ހަމަޖެހިފައިވަނީ 13 ފެބްރުވަރީ 2022 ގައެވެ.
މިކޯހުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 08 ފެބްރުވަރީ 2022 ވަނަ ދުވަހުގެ 14:00 ގެ ކުރިން، ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަކޮށް މިކައުންސިލްގެ އިދާރާއަށް ހުށަހެޅުމަށް ދަންނަވަމެވެ. މިފޯމް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީގެ ވެބްސައިޓުން އަދި ގާފަރު ކައުންސިލްގެ އިދާރާއިން ލިބެންހުންނާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6641941 ނަމްބަރު ފޯނަށެވެ.