ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)331/331/2022/8
ޕަބްލިޝްކުރި ތާރީޚް: 02 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 13:10
ސުންގަޑި: 08 ފެބުރުވަރީ 2022 14:00
މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސެޓްފިކެޓް 3 އިން ޖަނާއިޒު ކޯސް ހިންގުމާއިގުޅޭ

މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ

  ކ.ގާފަރު، ދިވެހިރާއްޖެ                                                                                                                                                                        ނަމްބަރ:331/331/2022/8(IUL)

އިޢުލާން

 

ސެޓްފިކެޓް 3 އިން ޖަނާއިޒު ކޯސް ހިންގުމާއިގުޅޭ

 

              ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީއާއި ގާފަރު ކައުންސިލާއި ގުޅިގެން 6 މަސް ދުވަހުގެ މުއްދަތައް ސެޓްފިކެޓް 3 އިން ޖަނާއިޒު ކޯސް މިރަށުގައި ހިންގުމަށްވަނީ ހަމަޖެހިފައެވެ. މިކޯހުގެ ބޭނުމަކީ ހިނަވާ ކަފުންކުރުމުގެ މަސައްކަތް ވީހާވެސް ގިނަބަޔަކަށް ދަސްކޮށްދިނުމެވެ.

            * މިކޯސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބްލެންޑެޑް މޯޑަށެވެ.

            * މިކޯހުގެ 4 ބްލޮކް ކުރިއަށް ގެންދެވޭނީ ފޭސްޓް ފޭސްކޮށެވެ. ބާކީ ހުރި ގަޑިތައް ކުރިއަށް ގެންދެވޭނީ އޮންލައިކޮށެވެ.

            * މި ކޯހުގެ ފީ އަކީ ޖުމްލަ: 2320.00 ރުފިޔާއެވެ. ގާފަރުގެ ރައްޔިތުންނަށް ކޯހުގެ ފީގެ ½  މިކައުންސިލުން ދައްކައިދިނުމަށް ވަނީ ހަމަޖެހިފައެވެ.

           * މިކޯސް ފެށުމަށް ހަމަޖެހިފައިވަނީ 13 ފެބްރުވަރީ 2022 ގައެވެ.

           މިކޯހުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 08 ފެބްރުވަރީ 2022 ވަނަ ދުވަހުގެ 14:00 ގެ ކުރިން، ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަކޮށް މިކައުންސިލްގެ އިދާރާއަށް ހުށަހެޅުމަށް ދަންނަވަމެވެ. މިފޯމް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީގެ ވެބްސައިޓުން އަދި ގާފަރު ކައުންސިލްގެ އިދާރާއިން ލިބެންހުންނާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6641941 ނަމްބަރު ފޯނަށެވެ.

02 ފެބުރުވަރީ 2022