ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ހުޅުމާލެ ހިޔާ ފްލެޓްގައި ދިރިއުޅޭ ކަސްޓަމަރުންގެ ކުނި އުކާލުމުގެ ޚިދުމަތަށް ބިލްކުރުމާއި ގުޅޭ

ނަންބަރ: WAMCO-BDM/IUL/2022/010

ޢިއުލާން

ހުޅުމާލެ ހިޔާ ފްލެޓްގައި ދިރިއުޅޭ ކަސްޓަމަރުންގެ ކުނި އުކާލުމުގެ ޚިދުމަތަށް ބިލްކުރުމާއި ގުޅޭ

ހުޅުމާލެ ފޭސް 2 ހިޔާ ފްލެޓްގައި ދިރިއުޅެމުންދާ ފަރުދުންގެ އެޕާރޓްމަންޓްތަކުގައި އުފެދޭ ކުނި އުކާލުމަށް އެދި ރެޖިސްޓަރ ކުރުމަށް ވެމްކޯގެ 'ހައުސްހޯލްޑް' ކަލެކްޝަން ޚިދުމަތުގެ ފޯމުގައި ބިލް ކުރަން ފެށުމަށް ހަމަޖެހިފައިވާ ތާރިޙާއި ގުޅޭގޮތުން  2021، 29 ނޮވެމްބަރ ގައި ނެރިފައިވާ ޢިއުލާން ނަންބަރ:WAMCO-BDM/IUL/2021/043 އާއި ހަވާލާދީ ދަންނަވަމެވެ.

ހުޅުމާލެ ފޭސް 2 ސަރަހައްދަށް ރައްޔިތުން އާބާދުވަމުންދާ މިންވަރަށް ބަލައި، އަދި އެފަދަ ފަރާތްތަކަށް މިމުއްދަތުގައި އިތުރަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ހިޔާ ފްލެޓްގައި ދިރިއުޅޭ ކަސްޓަމަރުންނަށް، ވަކި ގޮތެއް އަންގަންދެން ކުނީގެ ޚިދުމަތަށް ބިލްނުކުރުމަށް ވަނީ ނިންމާފައެވެ. ވީމާ މިކަން އާންމުކޮށް އަންގާ ޢިއުލާން ކުރަމެވެ. 

 

27 ޖަނަވަރީ 2022

  23 جُمَادَى الآخِرَة ‎1443

27 ޖަނަވަރީ 2022
ހޯދާ