ދިވެހިރާއްޖެ
ނަންބަރ: WAMCO-BDM/IUL/2022/010
ޢިއުލާން
ހުޅުމާލެ ހިޔާ ފްލެޓްގައި ދިރިއުޅޭ ކަސްޓަމަރުންގެ ކުނި އުކާލުމުގެ ޚިދުމަތަށް ބިލްކުރުމާއި ގުޅޭ
ހުޅުމާލެ ފޭސް 2 ހިޔާ ފްލެޓްގައި ދިރިއުޅެމުންދާ ފަރުދުންގެ އެޕާރޓްމަންޓްތަކުގައި އުފެދޭ ކުނި އުކާލުމަށް އެދި ރެޖިސްޓަރ ކުރުމަށް ވެމްކޯގެ 'ހައުސްހޯލްޑް' ކަލެކްޝަން ޚިދުމަތުގެ ފޯމުގައި ބިލް ކުރަން ފެށުމަށް ހަމަޖެހިފައިވާ ތާރިޙާއި ގުޅޭގޮތުން 2021، 29 ނޮވެމްބަރ ގައި ނެރިފައިވާ ޢިއުލާން ނަންބަރ:WAMCO-BDM/IUL/2021/043 އާއި ހަވާލާދީ ދަންނަވަމެވެ.
ހުޅުމާލެ ފޭސް 2 ސަރަހައްދަށް ރައްޔިތުން އާބާދުވަމުންދާ މިންވަރަށް ބަލައި، އަދި އެފަދަ ފަރާތްތަކަށް މިމުއްދަތުގައި އިތުރަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ހިޔާ ފްލެޓްގައި ދިރިއުޅޭ ކަސްޓަމަރުންނަށް، ވަކި ގޮތެއް އަންގަންދެން ކުނީގެ ޚިދުމަތަށް ބިލްނުކުރުމަށް ވަނީ ނިންމާފައެވެ. ވީމާ މިކަން އާންމުކޮށް އަންގާ ޢިއުލާން ކުރަމެވެ.
27 ޖަނަވަރީ 2022
23 جُمَادَى الآخِرَة 1443