ދިވެހިރާއްޖެ
(IUL)120-B/1/2022/09: ނަންބަރު
އިޢުލާން
މިޑިޕާޓްމަންޓްގެ ތިރީގައި މިދަންނަވާ މަޤާމުތަކަށް ވަގުތީ މުވައްޒަފުން ބޭނުން ވެއްޖެއެވެ.
މަޤާމް |
ޕޭޕަރ ސެޓަރ ( ކޮންޓްރެކްޓް ) |
ބޭނުންވާ ޢަދަދު |
އެސް.އެސް.ސީ: ޢަރަބި 2 |
ޢުޖޫރަ: |
6,000.00 ރުފިޔާ (ހަހާސް ރުފިޔާ) |
މުއްދަތު: |
2022 ފެބްރުއަރީ 13 އިން 2022 މާރިޗް 13 އަށް |
އަސާސީ ޝަރުޠު: |
2. ސުވާލުކަރުދާސް ތައްޔާރުކުރާ އަހަރު ނުވަތަ އިމްތިޙާނަށް ކުދިން ތައްޔާރުކުރާ ނުވަތަ އެއަހަރު އިމްތިޙާން ހަދާ ދަރިވަރަކަށް ކިޔަވައިދޭ މީހަކަށް ނުވުން 3. ތިމާ ނުވަތަ ތިމާގެ އަންބެއް، ފިރިއެއް، ދަރިއެއް، އިމްތިޙާނުގައި ބައިވެރި ނުވުން 4. ވޭތުވެދިޔަ އަހަރުތަކުގައި މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ނުވަތަ މި ޑިޕާޓްމަންޓުން ނުވަތަ ކަމާގުޅުން ހުރި އިދާރާއަކުން ސުލޫކީ މައްސަލައެއްގައި ފިޔަވަޅު އަޅާފައިވާ ފަރާތެއް ކަމުގައި ނުވުން
|
މަޤާމުގެ މަސްއޫލިއްޔަތު: |
|
ވަޒީފާއަށް އެންމެ ގާބިލް މީހެއް ހޮވުމަށް ބަލާނޭ ކަންކަން ޕޭޕަރ ސެޓިންގ ގެ މަސައްކަތަށް ނަގާނީ، ލިބިފައިވާ ތަޢުލީމާއި ތަމްރީނުގެ ސެޓްފިކެޓްތަކަށާއި މަސައްކަތުގެ އަމަލީ ތަޖްރިބާއަށް ބަލައިގެން، ޕޮއިންޓްދޭ އުޞޫލުން، އެންމެމަތިން މާކުސް ލިބޭފަރާތްތަކުގެ ތެރެއިން އެ އަހަރަކަށް ކަނޑައަޅާފައިވާ އަދަދަށެވެ. ދެފަރާތެއްގެ މާކުސް ހަމަހަމަ ވެއްޖެނަމަ، އޭގެތެރެއިން ވަކިމީހަކު ކަނޑައަޅާނީ އިންޓަވިއު ކޮށްގެންނެވެ. |
އިންޓަރވިއު ކުރުން: މިމަގާމްތަކަށް މީހުން ހޮވުމަށް އިންޓަރވިއު ކޮށް ލިޔުމުން ޖަވާބުދާރީ ކުރުވާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 03 ދުވަހުގެ ތެރޭގައި އެންގޭނެއެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް
ހ- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް ( ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ ކައުންޓަރުންނާއި، މިޑިޕާޓްމަންޓްގެ ވެބްސައިޓުން www.dpe.edu.mv އިން ލިބެން ހުންނާނެއެވެ.)
ށ- ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެޓެސްޓް ކޮށްފައި/ 2018 ވަނަ އަހަރުން ފެށިގެން މި ޑިޕާޓްމަންޓަށް ތަޢުލީމީ ސެޓްފިކެޓްތައް ހުށަހަޅާފައިވާ ފަރާތްތައް އަލުން ހުށަހަޅާކަށް ނުޖެހޭނެއެވެ. ނަމަވެސް އޭރު ހިމެނުމަށް ހުށަހެޅި އެއްވެސް ފަންނީ މަޢުލޫމާތަކަށް އުނިއިތުރެއް އަތުވެއްޖެނަމަ އެމަޢުލޫމާތު ހުށަހަޅަން ވާނެއެވެ.)
ނ- ވަޒީފާއެއް އަދާކުރާނަމަ ނުވަތަ އަދާކޮށްފައިވާނަމަ އެ ވަޒީފާގެ މަސްއޫލިއްޔަތާއި، މަސައްކަތުގެ ތަޖުރިބާ އެނގޭ ލިޔުމެއް.
ރ- ދިވެހިރައްޔިތެއްކަން އަންގައިދޭކާޑުގެ ދެފުށް ސާފުކޮށް ފެންނާނޭހެން ނަގާފައިވާ ކޮޕީ.
ނޯޓް: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.
ތަކެތި ހުށަހަޅަންޖެހޭ އޮފީސް
މިމަޤާމުތަކަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް / ހ.އަސްރަފީވިލާ (މަޖީދީ މަގު) 2 ވަނަ ފަންގިފިލާގެ ކައުންޓަރަށް.
ތަކެތި ހުށަހެޅުމުގެ ސުންގަޑި އަކީ 2022 ފެބްރުއަރީ 07 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން
22 ޖުމާދަލްއާޚިރާ 1443
25 ޖެނުއަރީ 2022