ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)120-D/1/2022/9
ޕަބްލިޝްކުރި ތާރީޚް: 25 ޖަނަވަރީ 2022
ޕަބްލިޝްކުރި ގަޑި: 15:15
ސުންގަޑި: 07 ޑިސެންބަރު 2021 13:00
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
ޕޭޕަރ ސެޓަރ ( ކޮންޓްރެކްޓް ) ހޯދުމާބެހޭ

  (IUL)120-B/1/2022/09: ނަންބަރު

އިޢުލާން

 

މިޑިޕާޓްމަންޓްގެ ތިރީގައި މިދަންނަވާ މަޤާމުތަކަށް ވަގުތީ މުވައްޒަފުން ބޭނުން ވެއްޖެއެވެ.

މަޤާމް

ޕޭޕަރ ސެޓަރ ( ކޮންޓްރެކްޓް )

ބޭނުންވާ ޢަދަދު

އެސް.އެސް.ސީ:

ޢަރަބި    2            

ޢުޖޫރަ:

6,000.00 ރުފިޔާ  (ހަހާސް ރުފިޔާ)

މުއްދަތު:

2022 ފެބްރުއަރީ 13 އިން 2022  މާރިޗް 13 އަށް

އަސާސީ ޝަރުޠު:

  1. މާއްދާއާ ގުޅޭ ދާއިރާއަކުން ދަށްވެގެން ފުރަތަމަ ޑިގްރީ ލިބިފައިވުމާއެކު ޤައުމީ އިމްތިޙާނަށް ތައްޔާރުވުމުގެ ގޮތުން ބާއްވާ މޮކް އެގްޒޭމްޕޭޕަރ ތައްޔާރުކުރުމުގެ ޢަމަލީ މަސައްކަތުގެ 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ މިޑިޕާޓްމަންޓުން ބާއްވާ ޤައުމީ އިމްތިޙާނުގެ މާކިންގ މަސައްކަތް މަދުވެގެން 3 އަހަރު ދުވަހު ކޮށްފައިވުން ނުވަތަ މި ޑިޕާޓްމެންޓުން ބާއްވާ ޤައުމީ އިމްތިޙާނުގެ ޕޭޕަރު ސެޓްކުރުމުގެ މަސައްކަތް ކުރިން ކޮށްފައިވުން.

 

2. ސުވާލުކަރުދާސް ތައްޔާރުކުރާ އަހަރު ނުވަތަ އިމްތިޙާނަށް ކުދިން ތައްޔާރުކުރާ ނުވަތަ އެއަހަރު އިމްތިޙާން ހަދާ ދަރިވަރަކަށް ކިޔަވައިދޭ މީހަކަށް  ނުވުން

3.  ތިމާ ނުވަތަ ތިމާގެ އަންބެއް، ފިރިއެއް، ދަރިއެއް، އިމްތިޙާނުގައި ބައިވެރި ނުވުން

4. ވޭތުވެދިޔަ އަހަރުތަކުގައި މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ނުވަތަ މި ޑިޕާޓްމަންޓުން ނުވަތަ ކަމާގުޅުން ހުރި އިދާރާއަކުން ސުލޫކީ މައްސަލައެއްގައި ފިޔަވަޅު އަޅާފައިވާ ފަރާތެއް ކަމުގައި ނުވުން

 

މަޤާމުގެ މަސްއޫލިއްޔަތު:

  • ސެކަންޑަރީ ސްކޫލް/ ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގެ ސުވާލު ބޭންކަށް ބޭނުންވާ ސުވާލާއި އެ ސުވާލަށް ދެވިދާނެ ޖަވާބުތައް ތައްޔާރުކުރުން.

 

 

ވަޒީފާއަށް އެންމެ ގާބިލް މީހެއް ހޮވުމަށް ބަލާނޭ ކަންކަން

        ޕޭޕަރ ސެޓިންގ ގެ މަސައްކަތަށް ނަގާނީ، ލިބިފައިވާ ތަޢުލީމާއި ތަމްރީނުގެ ސެޓްފިކެޓްތަކަށާއި މަސައްކަތުގެ އަމަލީ ތަޖްރިބާއަށް ބަލައިގެން، ޕޮއިންޓްދޭ އުޞޫލުން، އެންމެމަތިން މާކުސް ލިބޭފަރާތްތަކުގެ ތެރެއިން އެ އަހަރަކަށް ކަނޑައަޅާފައިވާ އަދަދަށެވެ.

        ދެފަރާތެއްގެ މާކުސް ހަމަހަމަ ވެއްޖެނަމަ، އޭގެތެރެއިން ވަކިމީހަކު ކަނޑައަޅާނީ އިންޓަވިއު ކޮށްގެންނެވެ.

 

އިންޓަރވިއު ކުރުން:

މިމަގާމްތަކަށް މީހުން ހޮވުމަށް އިންޓަރވިއު ކޮށް ލިޔުމުން ޖަވާބުދާރީ ކުރުވާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 03 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް ( ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ ކައުންޓަރުންނާއި، މިޑިޕާޓްމަންޓްގެ ވެބްސައިޓުން www.dpe.edu.mv   އިން ލިބެން ހުންނާނެއެވެ.)

ށ- ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެޓެސްޓް ކޮށްފައި/ 2018 ވަނަ އަހަރުން ފެށިގެން މި ޑިޕާޓްމަންޓަށް ތަޢުލީމީ ސެޓްފިކެޓްތައް ހުށަހަޅާފައިވާ ފަރާތްތައް އަލުން ހުށަހަޅާކަށް ނުޖެހޭނެއެވެ. ނަމަވެސް އޭރު ހިމެނުމަށް ހުށަހެޅި އެއްވެސް ފަންނީ މަޢުލޫމާތަކަށް އުނިއިތުރެއް އަތުވެއްޖެނަމަ އެމަޢުލޫމާތު ހުށަހަޅަން ވާނެއެވެ.)

ނ- ވަޒީފާއެއް އަދާކުރާނަމަ ނުވަތަ އަދާކޮށްފައިވާނަމަ އެ ވަޒީފާގެ މަސްއޫލިއްޔަތާއި، މަސައްކަތުގެ ތަޖުރިބާ އެނގޭ ލިޔުމެއް.

ރ- ދިވެހިރައްޔިތެއްކަން އަންގައިދޭކާޑުގެ ދެފުށް ސާފުކޮށް ފެންނާނޭހެން ނަގާފައިވާ ކޮޕީ.

 ނޯޓް:  ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

ތަކެތި  ހުށަހަޅަންޖެހޭ އޮފީސް

       މިމަޤާމުތަކަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް / ހ.އަސްރަފީވިލާ  (މަޖީދީ މަގު) 2 ވަނަ ފަންގިފިލާގެ ކައުންޓަރަށް.

 ތަކެތި ހުށަހެޅުމުގެ ސުންގަޑި އަކީ 2022 ފެބްރުއަރީ 07 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން

22 ޖުމާދަލްއާޚިރާ  1443

25 ޖެނުއަރީ    2022

25 ޖަނަވަރީ 2022