ދިވެހިރާއްޖެ
އިޢުލާން
ބިހޭވިއަރަލް ސައިންސް ދާއިރާގެ ޕްރޮފެޝަނަލުން ރަޖިސްޓްރީ ކުރުން
އެލައިޑް ހެލްތު ކައުންސިލްގައި ރަޖިސްޓްރީ ކުރާ ބިހޭވިއަރަލް ސައިންސް ދާއިރާގެ ޕްރޮފެޝަނަލުން ރަޖިސްޓްރީކޮށް ޕްރެކްޓިސް ކުރުމުގެ ހުއްދަ ދިނުމުގައި އަމަލުކުރެވެމުންދާ ބިހޭވިއަރަލް ސައިންސް ދާއިރާތަކުގެ ޕާތުވޭއަށްވަނީ އިތުރު ބަދަލުތަކެއް ގެނެވިފައެވެ.
މިނިސްޓްރީ އޮފް ހެލްތުގެ ވެބްސައިޓް (www.health.gov.mv) އިން ސައިކޮލޮޖީ އަދި ކައުންސިލިންގ ދާއިރާގެ ޕްރޮފެޝަނަލުން ރަޖިސްޓްރީ ކުރުމުގެ މިންގަޑު (“Psychology and Counselling Professionals Registration and Licensing Pathway) ލިބިވަޑައިގަންނަވާނެއެވެ. އަދި 25 ޖެނުއަރީ 2022 އިން ފެށިގެން އަމަލުކުރެވެމުންދާނީ މިބަދަލުތަކާއި އެއްގޮތަށްކަމުގައި ދަންނަވަމެވެ.
މި މިންގަޑު އާއްމުކުރުމާ ގުޅިގެން މިދާއިރާގެ މީހުން ރަޖިސްޓްރީ ކުރުމާ ބެހޭގޮތުން ކޮށްފައިވާ އިއުލާން ނަންބަރު (IUL)23-MAHC/23/2020/103 ބާތިލް ކުރެވިފައިވާހަކަ ދަންނަވަމެވެ.
22 ޖުމާދަލްއާޚިރް 1443
