ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)23-MAHC/23/2022/47
ޕަބްލިޝްކުރި ތާރީޚް: 25 ޖަނަވަރީ 2022
ޕަބްލިޝްކުރި ގަޑި: 13:01
ސުންގަޑި: 08 މާރިޗު 2022 00:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ބިހޭވިއަރަލް ސައިންސް ދާއިރާގެ ޕްރޮފެޝަނަލުން ރަޖިސްޓްރީ ކުރުން

އިޢުލާން

 

ބިހޭވިއަރަލް ސައިންސް ދާއިރާގެ ޕްރޮފެޝަނަލުން ރަޖިސްޓްރީ ކުރުން

         އެލައިޑް ހެލްތު ކައުންސިލްގައި ރަޖިސްޓްރީ ކުރާ ބިހޭވިއަރަލް ސައިންސް ދާއިރާގެ ޕްރޮފެޝަނަލުން ރަޖިސްޓްރީކޮށް ޕްރެކްޓިސް ކުރުމުގެ ހުއްދަ ދިނުމުގައި އަމަލުކުރެވެމުންދާ ބިހޭވިއަރަލް ސައިންސް ދާއިރާތަކުގެ ޕާތުވޭއަށްވަނީ އިތުރު ބަދަލުތަކެއް ގެނެވިފައެވެ.  

        މިނިސްޓްރީ އޮފް ހެލްތުގެ ވެބްސައިޓް (www.health.gov.mv) އިން ސައިކޮލޮޖީ އަދި ކައުންސިލިންގ ދާއިރާގެ ޕްރޮފެޝަނަލުން ރަޖިސްޓްރީ ކުރުމުގެ މިންގަޑު  (“Psychology and Counselling Professionals  Registration and Licensing Pathway) ލިބިވަޑައިގަންނަވާނެއެވެ. އަދި 25 ޖެނުއަރީ 2022 އިން ފެށިގެން އަމަލުކުރެވެމުންދާނީ މިބަދަލުތަކާއި އެއްގޮތަށްކަމުގައި ދަންނަވަމެވެ.

        މި މިންގަޑު އާއްމުކުރުމާ ގުޅިގެން މިދާއިރާގެ މީހުން ރަޖިސްޓްރީ ކުރުމާ ބެހޭގޮތުން ކޮށްފައިވާ އިއުލާން ނަންބަރު (IUL)23-MAHC/23/2020/103  ބާތިލް ކުރެވިފައިވާހަކަ ދަންނަވަމެވެ.

 

            22 ޖުމާދަލްއާޚިރް 1443

25 ޖަނަވަރީ 2022