މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
ދިވެހިރާއްޖެ
އޮފީހެއް ހިންގާނެ އިމާރާތެއް ކުއްޔަށް ހިފުމަށް

ކުއްޔަށް ހިފުން

 

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
ދިވެހިރާއްޖެ

 

                                              ނަމްބަރ: (IUL)25-A4/25/2022/9  

 

އޮފީހެއް ހިންގާނެ ޢިމާރާތެއް ކުއްޔަށް ހިފުމަށް


 

 އަންދާސީހިސާބު ބޭނުންވެއްޖެ

 

އޮފީހެއް ހިންގުމަށް އެކަށީގެންވާ 580 އަކަފޫޓުގެ އޮފީސް ޖާގައެއް މާލެއިން ކުއްޔަށް ހިފުމަށް ބޭނުންވެގެން 28 ޑިސެމްބަރ 2021 ވަނަދުވަހު ކުރެވުނު ނަމްބަރ: (IUL)25-A4/25/2021/69 އިޢުލާނާގުޅިގެން، އެއްވެސް ފަރާތަކުން އަގުހުށަހަޅާފައި ނުވާތީ، އޮފީސް ޢިމާރާތެއް ކުއްޔަށް ހިފުމަށް އަލުން އިޢުލާންކުރަމެވެ.

ވީމާ، މިފަދަ އޮފީސް ޖާގައެއް ކުއްޔަށްދޫކުރެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 27 ޖެނުއަރީ 2022 ވަނަދުވަހުގެ 13:00 އަށް މިނިސްޓްރީއަށް  ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު  07 ފެބުރުއަރީ 2022 ވަނަ ދުވަހުގެ 13:00 އަށް މިމިނިސްޓްރީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. 

 އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ  3323400 ނަންބަރު ފޯނާއެވެ.   

 


24 ޖެނުއަރީ 2022

24 ޖަނަވަރީ 2022
ހޯދާ