ދިވެހިރާއްޖެ
ކުއްޔަށް ހިފުން
މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
ދިވެހިރާއްޖެ
ނަމްބަރ: (IUL)25-A4/25/2022/9
އޮފީހެއް ހިންގާނެ ޢިމާރާތެއް ކުއްޔަށް ހިފުމަށް
އަންދާސީހިސާބު ބޭނުންވެއްޖެ
އޮފީހެއް ހިންގުމަށް އެކަށީގެންވާ 580 އަކަފޫޓުގެ އޮފީސް ޖާގައެއް މާލެއިން ކުއްޔަށް ހިފުމަށް ބޭނުންވެގެން 28 ޑިސެމްބަރ 2021 ވަނަދުވަހު ކުރެވުނު ނަމްބަރ: (IUL)25-A4/25/2021/69 އިޢުލާނާގުޅިގެން، އެއްވެސް ފަރާތަކުން އަގުހުށަހަޅާފައި ނުވާތީ، އޮފީސް ޢިމާރާތެއް ކުއްޔަށް ހިފުމަށް އަލުން އިޢުލާންކުރަމެވެ.
ވީމާ، މިފަދަ އޮފީސް ޖާގައެއް ކުއްޔަށްދޫކުރެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 27 ޖެނުއަރީ 2022 ވަނަދުވަހުގެ 13:00 އަށް މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 07 ފެބުރުއަރީ 2022 ވަނަ ދުވަހުގެ 13:00 އަށް މިމިނިސްޓްރީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3323400 ނަންބަރު ފޯނާއެވެ.
24 ޖެނުއަރީ 2022