ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ފ. އަތޮޅު ކައުންސިލްގެ އިދާރާގެ ރަންގަލި ލާންޗު މަރާމާތު ކުރުން
މިއިދާރާގެ ނަންބަރު : (IUL)237-C/237/2022/01 (06 ޖަނަވަރީ 2022) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީވެ، އެކަމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.
- މިއިދާރާގެ ރަންގަލި ލާންޗްގެ ބައެއް މަރާމާތުތައް ކުރަން ބޭނުން ވެއެވެ.
- މި މަސައްކަތުގެ އަންދާސީ ހިސާބާއި ގުޅޭ މަޢުލޫމާތު ކަރުދާހާއި އަންދާސީ ހިސާބު ހުށަހަޅާ ފޯމް މިއިދާރާގެ ވެބްސައިޓުން (www.faafu.gov.mv ) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
- އަންދާސީ ހިސާބު ބަލައިގަތުން އަދި ހުޅުވުން އޮންނާނީ 2022 ފެބުރުވަރީ 02 ވާ ބުދަ ދުވަހުގެ 11:00 ގައި މިއިދާރާގައެވެ. އަންދާސީ ހިސާބުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި "ފ. އަތޮޅު ކައުންސިލް އިދާރާގެ ރަންގަލި ލާންޗް މަރާމާތު ކުރުމުގެ އަންދާސީ ހިސާބު" މިހެން ލިޔެފައި އޮންނަންވާނެއެވެ.
- ހުށަހަޅާ އަންދާސީ ހިސާބުތައް ވަޒަންކުރާނޭ މިންގަނޑާއި އަންދާސީ ހިސާބާއިއެކު ހުށަހަޅަންޖެހޭ ތަކެތީގެ ތަފްޞީލް އަދި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތައް މިއަންދާސީ ހިސާބާއި ގުޅޭ މަޢުލޫމާތު ކަރުދާހުގައި ހިމަނާފައި ވާނެއެވެ.
- އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ބޭނުންފުޅުވާނަމަ، ރަސްމީ ގަޑީގައި މިއިދާރާގެ ފޯނު ނަންބަރަށް ގުޅުއްވުން އެދެމެވެ.
17 ޖުމާދަލްއާޚިރާ 1443
20 ޖަނަވަރީ 2022
23 ޖަނަވަރީ 2022
ހޯދާ