މަސައްކަތް
ނަންބަރު: (IUL)237-C/237/2022/4
ޕަބްލިޝްކުރި ތާރީޚް: 23 ޖަނަވަރީ 2022
ޕަބްލިޝްކުރި ގަޑި: 14:03
ސުންގަޑި: 02 ފެބުރުވަރީ 2022 11:00
ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފ. އަތޮޅު ކައުންސިލްގެ އިދާރާގެ ރަންގަލި ލާންޗު މަރާމާތު ކުރުން

މިއިދާރާގެ ނަންބަރު : (IUL)237-C/237/2022/01 (06 ޖަނަވަރީ 2022) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީވެ، އެކަމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.

  1. މިއިދާރާގެ ރަންގަލި ލާންޗްގެ ބައެއް މަރާމާތުތައް ކުރަން ބޭނުން ވެއެވެ.  
  2. މި މަސައްކަތުގެ އަންދާސީ ހިސާބާއި ގުޅޭ މަޢުލޫމާތު ކަރުދާހާއި އަންދާސީ ހިސާބު ހުށަހަޅާ ފޯމް މިއިދާރާގެ ވެބްސައިޓުން (www.faafu.gov.mv ) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
  3. އަންދާސީ ހިސާބު ބަލައިގަތުން އަދި ހުޅުވުން އޮންނާނީ 2022 ފެބުރުވަރީ 02 ވާ ބުދަ ދުވަހުގެ 11:00 ގައި މިއިދާރާގައެވެ. އަންދާސީ ހިސާބުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި "ފ. އަތޮޅު ކައުންސިލް އިދާރާގެ ރަންގަލި ލާންޗް މަރާމާތު ކުރުމުގެ އަންދާސީ ހިސާބު" މިހެން ލިޔެފައި އޮންނަންވާނެއެވެ.
  4. ހުށަހަޅާ އަންދާސީ ހިސާބުތައް ވަޒަންކުރާނޭ މިންގަނޑާއި އަންދާސީ ހިސާބާއިއެކު ހުށަހަޅަންޖެހޭ ތަކެތީގެ ތަފްޞީލް އަދި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތައް މިއަންދާސީ ހިސާބާއި ގުޅޭ މަޢުލޫމާތު ކަރުދާހުގައި ހިމަނާފައި ވާނެއެވެ.
  5. އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ބޭނުންފުޅުވާނަމަ، ރަސްމީ ގަޑީގައި މިއިދާރާގެ ފޯނު ނަންބަރަށް ގުޅުއްވުން އެދެމެވެ.

17 ޖުމާދަލްއާޚިރާ 1443

20  ޖަނަވަރީ  2022

23 ޖަނަވަރީ 2022