ދިވެހިރާއްޖެ
މިއިދާރާއިން ދޭ މަޢްލޫމާތާ އެއްގޮތަށް ކުނިކޮށި ބަލަހައްޓައި ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.
މަޢުލޫމާތު ދިނުމާއި، އަންދާސީ ހިސާބު ހުށަހެޅުން
1- މި އިޢްލާނާ ގުޅިގެން އަންދާސީ ހިސާބު ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ 1 އަންދާސީ ހިސާބެވެ.
2- މަޢުލޫމާތު ދިނުން އޮންނާނީ 2022 ޖަނަވަރީ 27 ވާ ބުރާސްފަތި ދުވަހުގެ 13.00 ގައި މީދޫ ކައުންސިލް އިދާރާގައެވެ.
3- އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2022 ޖަނަވަރީ 30 ވާ އާދީއްތަ ދުވަހުގެ 13:00 ގައި މީދޫ ކައުންސިލް އިދާރާގައެވެ.
4- މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ.
މަސައްކަތް ޙަވާލުކުރާނެ ފަރާތެއް ހޮވުމުގައި ބަލާނެ މިންގަޑުތައް
| އިންސައްތަ | ތަފްޞީލް | 
| %95 | ހުށަހަޅާފައިވާ އަގަށް (އެންމެ ކުޑައަގު ބެންޗްމާކުކަމުގައި ބަލައިގެން) | 
| %5 | ތަޖްރިބާއަށް (ތަޖްރިބާގެ ގޮތުގައި ހުށަހަޅާ ލިޔުންތަކަކީ ދާއިރާއާއި ގުޅުންހުރި ލިޔުން ތަކަށްވުމާއި، އަދި ލިޔުން ދޫކުރި ފަރާތުގެ ރަސްމީ ތައްގަނޑު ޖަހާފައިވާ ލިޔުންތަކެވެ.( | 
މިއިއުލާނާއެކު ހުށަހެޅުމަށް ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ހުށަހަޅައިފައިނުވާ ނަމަ ހުށަހެޅުން ބާޠިލް ކުރުމުގެ އިޚްތިޔާރު ކައުންސިލްއަށް ލިބިގެންވެއެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.
 
                    