ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)375/375/2022/2
ޕަބްލިޝްކުރި ތާރީޚް: 20 ޖަނަވަރީ 2022
ޕަބްލިޝްކުރި ގަޑި: 13:11
ސުންގަޑި: 27 ޖަނަވަރީ 2022 01:00
ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނިކޮށި ބަލައްހައްޓައިދޭނެ ފަރާތެއް ހޯދުމާގުޅޭ

 

 

    މިއިދާރާއިން ދޭ މަޢްލޫމާތާ އެއްގޮތަށް ކުނިކޮށި ބަލަހައްޓައި ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.

މަޢުލޫމާތު ދިނުމާއި، އަންދާސީ ހިސާބު ހުށަހެޅުން

 

1-       މި އިޢްލާނާ ގުޅިގެން އަންދާސީ ހިސާބު ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ 1 އަންދާސީ ހިސާބެވެ.

2-      މަޢުލޫމާތު ދިނުން އޮންނާނީ 2022 ޖަނަވަރީ 27 ވާ ބުރާސްފަތި ދުވަހުގެ 13.00 ގައި މީދޫ ކައުންސިލް އިދާރާގައެވެ.

3-      އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2022 ޖަނަވަރީ 30 ވާ އާދީއްތަ ދުވަހުގެ 13:00 ގައި މީދޫ ކައުންސިލް އިދާރާގައެވެ.

4-      މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ.   

މަސައްކަތް ޙަވާލުކުރާނެ ފަރާތެއް ހޮވުމުގައި ބަލާނެ މިންގަޑުތައް

 

އިންސައްތަ

ތަފްޞީލް

%95

ހުށަހަޅާފައިވާ އަގަށް  (އެންމެ ކުޑައަގު ބެންޗްމާކުކަމުގައި ބަލައިގެން)

%5

ތަޖްރިބާއަށް (ތަޖްރިބާގެ ގޮތުގައި ހުށަހަޅާ ލިޔުންތަކަކީ ދާއިރާއާއި ގުޅުންހުރި ލިޔުން ތަކަށްވުމާއި، އަދި ލިޔުން ދޫކުރި ފަރާތުގެ ރަސްމީ ތައްގަނޑު ޖަހާފައިވާ ލިޔުންތަކެވެ.(

 

   މިއިއުލާނާއެކު ހުށަހެޅުމަށް ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ހުށަހަޅައިފައިނުވާ ނަމަ ހުށަހެޅުން ބާޠިލް ކުރުމުގެ އިޚްތިޔާރު ކައުންސިލްއަށް ލިބިގެންވެއެވެ.

           މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.

20 ޖަނަވަރީ 2022