ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
                    
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ކައުންސިލްގެ 4 ވަނަ ދައުރުގެ 28 ވަނަ ޖަލްސާގެ ނިންމުން
                                
| 
 ކައުންސިލްގެ ނިންމުން އާންމުކުރާ ފޯމް  | 
|||
| 
 ބައްދަލުވުމުގެ ނަންބަރު:  | 
 4 ވަނަ ދައުރުގެ 28  | 
 ބައްދަލުވުމުގެ ބާވަތް:  | 
 އާއްމު ބައްދަލުވުން  | 
| 
 ބައްދަލުވުން ބޭއްވި ތާރީޙް:  | 
 19 ޖަނަވަރީ 2022  | 
 ބައްދަލުވުން ބޭއްވި ގަޑި:  | 
 10:35  | 
ނިންމުންތައް
- 2022 ވަނަ އަހަރު ކައުންސިލަރުންގެ ޗުއްޓީތާވަލު އެކުލަވާލުމަށްޓަކައި ކައުންސިލަރުން ޗުއްޓީނެގުމަށް ބޭނުންވާ ތާރީޙް 31 ޖަނަވަރީ 2022 ވަނަ ދުވަހުގެ ކުރިން ކައުންސިލް އިދާރާއާއި އެންގުމަށް ނިންމުނު.
 - ރަށްވެހި ޤަވާއިދުތަކުގެ ތެރެއިން އުޅަނދު ދުއްވުމާއި ޕާކްކުރުމާބެހޭ ޤަވާއިދު، މަގުމަތީގައި އިސްތިހާތު ހަރުކުރުމާބެހޭ ޤަވާއިދު އަދި ރަށުގައި ޖަވަނާރު އަދި ދޫނިސޫފާ ސޫފި ގެންގުޅުމާބެހޭ ޤަވާއިދު މުރާޖާކޮށް ފާސްކުރެވުނު.
 - ބިމުކުލި ނުދައްކާ ފަރާތްތަކުން ކައުންސިލައް ދައްކަންޖެހޭ ފައިސާ 2 އަހަރު ދުވަސްތެރޭގައި ދެއްކުމަށް އެއްބަސްވުމެއް ހެދުމަށާއި މިގޮތުމަތީން ފައިސާ ދެއްކުމަށް އެއްބަސްވާ ފަރާތްތަކުގެ ބިމުގެ މުއްދަތު 2 އަހަރު ދުވަހައް އިތުރުކުރުމަށް ނިންމުނު.
 - ކައުންސިލް ރައީސްގެ ޗުއްޓީ އެދިލައްވާފައިވާ ގޮތުގެމަތީން ހަމަޖެއްސުމަށް ނިންމުން.
 
އިސްވެ ބަޔާންކުރެވިފައިވާ ކައުންސިލްގެ ބައްދަލުވުމުން ނިންމާފައިވާ ނިންމުންތައް އާއްމުކޮށް އެންގުމަށް އިޢުލާންކުރީމެވެ.
             19 ޖަނަވަރީ 2022
            
        
                    ހޯދާ  
                
                