ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)388-PRO/388/2022/9
ޕަބްލިޝްކުރި ތާރީޚް: 19 ޖަނަވަރީ 2022
ޕަބްލިޝްކުރި ގަޑި: 13:52
ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ 4 ވަނަ ދައުރުގެ 28 ވަނަ ޖަލްސާގެ ނިންމުން

 

ކައުންސިލްގެ ނިންމުން އާންމުކުރާ ފޯމް

ބައްދަލުވުމުގެ ނަންބަރު:

4 ވަނަ ދައުރުގެ 28

ބައްދަލުވުމުގެ ބާވަތް:

އާއްމު ބައްދަލުވުން

ބައްދަލުވުން ބޭއްވި ތާރީޙް:

19 ޖަނަވަރީ 2022

ބައްދަލުވުން ބޭއްވި ގަޑި:

10:35

 

ނިންމުންތައް

  1. 2022 ވަނަ އަހަރު ކައުންސިލަރުންގެ ޗުއްޓީތާވަލު އެކުލަވާލުމަށްޓަކައި ކައުންސިލަރުން ޗުއްޓީނެގުމަށް ބޭނުންވާ ތާރީޙް 31 ޖަނަވަރީ 2022 ވަނަ ދުވަހުގެ ކުރިން ކައުންސިލް އިދާރާއާއި އެންގުމަށް ނިންމުނު.
  2. ރަށްވެހި ޤަވާއިދުތަކުގެ ތެރެއިން އުޅަނދު ދުއްވުމާއި ޕާކްކުރުމާބެހޭ ޤަވާއިދު، މަގުމަތީގައި އިސްތިހާތު ހަރުކުރުމާބެހޭ ޤަވާއިދު އަދި ރަށުގައި ޖަވަނާރު އަދި ދޫނިސޫފާ ސޫފި ގެންގުޅުމާބެހޭ ޤަވާއިދު މުރާޖާކޮށް ފާސްކުރެވުނު.
  3. ބިމުކުލި ނުދައްކާ ފަރާތްތަކުން ކައުންސިލައް ދައްކަންޖެހޭ ފައިސާ 2 އަހަރު ދުވަސްތެރޭގައި ދެއްކުމަށް އެއްބަސްވުމެއް ހެދުމަށާއި މިގޮތުމަތީން ފައިސާ ދެއްކުމަށް އެއްބަސްވާ ފަރާތްތަކުގެ ބިމުގެ މުއްދަތު 2 އަހަރު ދުވަހައް އިތުރުކުރުމަށް ނިންމުނު.
  4. ކައުންސިލް ރައީސްގެ ޗުއްޓީ އެދިލައްވާފައިވާ ގޮތުގެމަތީން ހަމަޖެއްސުމަށް ނިންމުން.

 

 

އިސްވެ ބަޔާންކުރެވިފައިވާ ކައުންސިލްގެ ބައްދަލުވުމުން ނިންމާފައިވާ ނިންމުންތައް އާއްމުކޮށް އެންގުމަށް އިޢުލާންކުރީމެވެ.

19 ޖަނަވަރީ 2022