މިލަދުންމަޑުލު އުތުރުބުރީ ފޭދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައިޑީކާޑު ޚިދުމަތުގައި ބޭނުންކުރާ ފިންގަރ ޕްރިންޓް މެޝިން ގަތުމާއިބެހޭ

  1. މިއިދާރާއިން ދެމުން އަންނަ އައިޑީކާޑު ޚިދުމަތުގައި ބޭނުންކުރާނެ ފިންގަރ ޕްރިންޓް މެޝިން (CROSS MATCH VARIFIER 300 LC 2.0) އެއް ގަތުމަށް ބޭނުންވާތީ، ތަކެތީގެ އަގާއި ފޯރުކޮށްދެވޭނެ މުއްދަތު ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
  2. މި މަސައްކަތަށް އަގު ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ.
  3. އަގު ހުށަހެޅުން އޮންނާނީ   2022 ޖަނަވަރީ 24ވާ ހޯމަ ދުވަހުގެ  ހެނދުނު 11.00 ގައި މިއިދާރާގައެވެ.
  4. މިމަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ  2022 ޖަނަވަރީ 20ވާ ބުރާސްފަތި ދުވަހުގެ 14.00 ގެ ކުރިން މެދުވެރިކޮށް [email protected] އަށް ފޮނުއްވުން އެދެމެވެ.
  5. މިމެޝިންގެ އަގު ހުށަހަޅުއްވާއިރު މެޝިންގެ ތަފްސީލް މައުލޫމާތު، މެޝިން ފޯރުކޮށްދެވޭނެ މުއްދަތު ހިމެނޭ ކޯޓޭޝަނެއް ހުށައަޅަންވާނެއެވެ.
  6. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއިދާރާގެ ނަންބަރު: 6540045 ފޯނާއި ގުޅުއްވުން އެދެމެވެ.

        ވީމާ، މިކަން އާންމުކޮން އަންގާ އިޢުލާންކުރީމެވެ.

                             15 ޖުމާދަލްޢާޚިރާ 1443

18 ޖަނަވަރީ 2022
ހޯދާ