ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)274/INDIV/2022/3
ޕަބްލިޝްކުރި ތާރީޚް: 18 ޖަނަވަރީ 2022
ޕަބްލިޝްކުރި ގަޑި: 12:49
ސުންގަޑި:
24 ޖަނަވަރީ 2022 14:00
މިލަދުންމަޑުލު އުތުރުބުރީ ފޭދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އައިޑީކާޑު ޚިދުމަތުގައި ބޭނުންކުރާ ފިންގަރ ޕްރިންޓް މެޝިން ގަތުމާއިބެހޭ
- މިއިދާރާއިން ދެމުން އަންނަ އައިޑީކާޑު ޚިދުމަތުގައި ބޭނުންކުރާނެ ފިންގަރ ޕްރިންޓް މެޝިން (CROSS MATCH VARIFIER 300 LC 2.0) އެއް ގަތުމަށް ބޭނުންވާތީ، ތަކެތީގެ އަގާއި ފޯރުކޮށްދެވޭނެ މުއްދަތު ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
- މި މަސައްކަތަށް އަގު ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ.
- އަގު ހުށަހެޅުން އޮންނާނީ 2022 ޖަނަވަރީ 24ވާ ހޯމަ ދުވަހުގެ ހެނދުނު 11.00 ގައި މިއިދާރާގައެވެ.
- މިމަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2022 ޖަނަވަރީ 20ވާ ބުރާސްފަތި ދުވަހުގެ 14.00 ގެ ކުރިން މެދުވެރިކޮށް [email protected] އަށް ފޮނުއްވުން އެދެމެވެ.
- މިމެޝިންގެ އަގު ހުށަހަޅުއްވާއިރު މެޝިންގެ ތަފްސީލް މައުލޫމާތު، މެޝިން ފޯރުކޮށްދެވޭނެ މުއްދަތު ހިމެނޭ ކޯޓޭޝަނެއް ހުށައަޅަންވާނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއިދާރާގެ ނަންބަރު: 6540045 ފޯނާއި ގުޅުއްވުން އެދެމެވެ.
ވީމާ، މިކަން އާންމުކޮން އަންގާ އިޢުލާންކުރީމެވެ.
15 ޖުމާދަލްޢާޚިރާ 1443
18 ޖަނަވަރީ 2022