ހިތަދޫ ޕޯޓް ލިމިޓެޑް
ދިވެހިރާއްޖެ
މުވައްޒަފުންގެ ޔުނިފޯމު ތައްޔާރުކޮށް ސަޕްލައިކޮށްދެއްވާނެ ފަރާތެއް ހޯދަން

 

 

 

 

                                       ނަންބަރ: HPL/PRC/I-2022/01

 

އިޢުލާން

 

 

      މި ކުންފުނިން ދައްކަވާ ނަމޫނާ އާއި އެއްގޮތަށް މުވައްޒަފުންގެ ޔުނިފޯރމް ތައްޔާރުކޮށް ސަޕްލައިކޮށް ދެއްވާނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރ  HPL/PRC/I-2021/02 (01 ޑިސެމްބަރ 2021) އިޢުލާން ބާޠިލު ކުރުމަށްފަހު އަލުން އިޢުލާން ކުރަމެވެ. ވީމާ، މިކަމަށް ޝަޢުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން މި އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން:

ތާރީޚު: 20 ޖެނުއަރީ 2022 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ 14:00 ގައި

ތަން: ހިތަދޫ ޕޯރޓް ލިމިޓެޑްގެ އެޑްމިން ޢިމާރާތުގެ (ދެވަނަ ފަންގިފިލާ) ކޮންފަރެންސް ރޫމުގައެވެ.

 

ޕްރޮޕޯޒަލް ބަލައިގަތުން:

ތާރީޚު: 27 ޖެނުއަރީ 2022 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ 14:00 ގައި

ތަން: ހިތަދޫ ޕޯރޓް ލިމިޓެޑްގެ އެޑްމިން ޢިމާރާތުގެ (ދެވަނަ ފަންގިފިލާ) ކޮންފަރެންސް ރޫމުގައެވެ.

 

      އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ހުށަހަޅުއްވާ މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ހޯއްދުމަށް މިކުންފުނީގެ ނަންބަރު 6888546 / 6888558 އާ ގުޅުއްވުން އެދެމެވެ.

 

17 ޖެނުއަރީ 2022

 

 

17 ޖަނަވަރީ 2022
ހޯދާ