ދިވެހިރާއްޖެ
ނަންބަރ: HPL/PRC/I-2022/01
އިޢުލާން
މި ކުންފުނިން ދައްކަވާ ނަމޫނާ އާއި އެއްގޮތަށް މުވައްޒަފުންގެ ޔުނިފޯރމް ތައްޔާރުކޮށް ސަޕްލައިކޮށް ދެއްވާނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރ HPL/PRC/I-2021/02 (01 ޑިސެމްބަރ 2021) އިޢުލާން ބާޠިލު ކުރުމަށްފަހު އަލުން އިޢުލާން ކުރަމެވެ. ވީމާ، މިކަމަށް ޝަޢުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން މި އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން:
ތާރީޚު: 20 ޖެނުއަރީ 2022 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ 14:00 ގައި
ތަން: ހިތަދޫ ޕޯރޓް ލިމިޓެޑްގެ އެޑްމިން ޢިމާރާތުގެ (ދެވަނަ ފަންގިފިލާ) ކޮންފަރެންސް ރޫމުގައެވެ.
ޕްރޮޕޯޒަލް ބަލައިގަތުން:
ތާރީޚު: 27 ޖެނުއަރީ 2022 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ 14:00 ގައި
ތަން: ހިތަދޫ ޕޯރޓް ލިމިޓެޑްގެ އެޑްމިން ޢިމާރާތުގެ (ދެވަނަ ފަންގިފިލާ) ކޮންފަރެންސް ރޫމުގައެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ހުށަހަޅުއްވާ މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ހޯއްދުމަށް މިކުންފުނީގެ ނަންބަރު 6888546 / 6888558 އާ ގުޅުއްވުން އެދެމެވެ.
17 ޖެނުއަރީ 2022