ފެލިދެއަތޮޅު ފުލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭޖް އެންޕޮލޮއިމަންޓްގެ ދަށުން މުދިމަކު ހޯދުން.

                                                                  އިޢުލާނު         

ވޭޖް އެންޕޮލޮއިމަންޓްގެ ދަށުން މުދިމަކު ހޯދުން.

               މިއިދާރާއިން ބަލަހައްޓަމުންގެންދާ މަސްޖިދުލް އީސާރި މިސްކިތައް ވޭޖު އެންޕްލޮއިމަންޓްގެ ދަށުން މިސްކިތު ޕޫލްގައި މަސައްކަތް ކުރުމަށް ޝައުޤުވެރިކަން ހުރި މުދިމުން ހޯދުމަށް ބޭއްނުންވެއްޖެއެވެ.

މަޤާމް: އިމާމު/މުދިމް

ބޭނުންވާ ޢަދަދު: 2 (ދޭއް)

މުއްދަތު: 1 އަހަރު ދުވަސް

މުސާރަ: ޝަރުތު ހަމަވާ އިމާމެއްނަމަ މަސައްކަތްކުރާކޮންމެ ގަޑިއަކަށް-/61ރުފިޔާ ޝަރުތު ހަމަވާ މުދިމެއްނަމަ(އިމާމުކަމުގެ ޝަރުތު ހަމަނުވާ) ގަނޑިއަކަށް -/53 ރުފިޔާ                      

ޔުނިޓް: މުނިސިޕަލް ސާރވިސް

މަޤާމްގެ ޝަރުތު: 

       މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށް ދިނުމާއި އެކު

1 އިމާމުކަމުގެ ސަނަދު ލިބިފައިވުން ނުވަތަ މުދިމް ކަމުގެ ސަނަދު ލިބިފައިވުން .

3 ޤްރުޢާން ރީއްޗައް ކިޔަވަން އެގުމާއި ބަންގިގޮވުމާއި ޖަމާއަތުގައި ނަމާދުކުރަން އެގޭ ފަރާތަކަށްވުން.

5 ޢުރުން 65 އަހަރު ވެފައިވާ މީހަކު ކަމުގައި ނުވުން. 

މަޤާމުގެ މަސްޢޫލިއްޔަތު:

1 ނަމާދުވަގުތައް ފަރުވާތެރިވެ ފަރުޟު ފަސްނަމާދު ވަގުތުގައި ބަންގިގޮވުމާއި އިމާމުވެ ޖަމާއަތުގައި ނަމާދުކުރުން.

2 މިސްކިތައް ދަތިވާކަންކަން ކައުންސިލަށް އަންގައި އެކަންޙައްލުކުރުން.

3 އިމާމުވެ ކޭތަ ނަމާދުކުރުން. 

4 މިސްކިތުގެ ސައުންޑް ސިސްޓަމް ބެލެހެއްޓުމާއި ސިސްޓަމަން މައްސަލައެއްދިމާވެއްޖެނަމަ އެކަން ކައުންސިލް އިދާރާއަށް އެންގުން.

5 މިސްކިތުގައި ދީނީ ނަސޭޙަތްދިނުމާއި ކަށުނަމާދު ކުރުމުގެ އިންތިޒާމް ހަމަޖައްސާދިނުން. 

6 މިސްކިތު މަސައްކަތުމީހުން މަސައްކަތް ކުރާގޮތްބެލުން. 

 

 

7 މިސްކިތް ވަގުތީގޮތުން ޙަވާލުކޮށްފައިވަނިކޮށް ބަލިވުން ނުވަތަ ކޮންމެވެސް ކަމެއްދިމާވެގެން  ވަގުތައް މިސްކިތައް ދެވޭގޮތް ނުވެއްޖެނަމަ ޙަވާލުކޮށްފައިވާ މިސްކިތުގެ އެއްވެސް ތަނޅުދަނޑިއެއް އޮތްނަމަ އެތަޅު ދަނޑި ކައުންސިލާއި ޙަވާލުކުރުން. 

 

8 ކައުންސިލް އިދާރާގެ ވެރިން އަންގަވާ މިސްކިތާއި ގުޅުންހުރި ކަންކަންކުރުން. 

އެޕްލިކޭޝަން ފޮނުވަންވީ ތަރީޚް:

24 ޖަނަވަރީ 2022 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ވ.ފުލިދޫ ކައުންސިލްގެ އިދާރާއަށް.

ހުށައަޅަންޖެހޭ ލިޔެކިޔުންތައް:

# ތައުލީމި ސެޓްފިކެޓުތަކުގެ ކޮޕީ (އެކުރެޑިޓްކޮށްފައިވާ އަދި އަސްލާއެއްގޮތްކަމަށް ޤާނޫނީ ވަކީލެއްގެ އޮފީހަކުން ސޮއި ކޮށްފައިވާ އަސްލު)

# ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ އާއި އައިޑީ ކާޑުގެ ކޮޕީ (އަސްލާއެއްގޮތް ކަމަށް ޤާނޫނީ ވަކީލެއްގެ އޮފީހަކުން ސޮއިކޮށްފައިވާ އަސްލު)

# މި އިއުލާނާއިގުޅިގެން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މި އިދާރާގެ ނަމްބަރ 9393603 ފޯނާއި އެވެ.

              ވީމާ މިކަން އާއްމުކޮށް އެންގުމަށްޓަކައި  އިއުލާނުކުރީމެވެ.

               13 ޖުމާދަލް އާޚިރާ  1443

               16 ޖަނަވަރީ     2022          

16 ޖަނަވަރީ 2022
ހޯދާ