ދިވެހިރާއްޖެ
އިޢުލާނު
ވޭޖް އެންޕޮލޮއިމަންޓްގެ ދަށުން މުދިމަކު ހޯދުން.
މިއިދާރާއިން ބަލަހައްޓަމުންގެންދާ މަސްޖިދުލް އީސާރި މިސްކިތައް ވޭޖު އެންޕްލޮއިމަންޓްގެ ދަށުން މިސްކިތު ޕޫލްގައި މަސައްކަތް ކުރުމަށް ޝައުޤުވެރިކަން ހުރި މުދިމުން ހޯދުމަށް ބޭއްނުންވެއްޖެއެވެ.
މަޤާމް: އިމާމު/މުދިމް
ބޭނުންވާ ޢަދަދު: 2 (ދޭއް)
މުއްދަތު: 1 އަހަރު ދުވަސް
މުސާރަ: ޝަރުތު ހަމަވާ އިމާމެއްނަމަ މަސައްކަތްކުރާކޮންމެ ގަޑިއަކަށް-/61ރުފިޔާ ޝަރުތު ހަމަވާ މުދިމެއްނަމަ(އިމާމުކަމުގެ ޝަރުތު ހަމަނުވާ) ގަނޑިއަކަށް -/53 ރުފިޔާ
ޔުނިޓް: މުނިސިޕަލް ސާރވިސް
މަޤާމްގެ ޝަރުތު:
މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށް ދިނުމާއި އެކު
1 އިމާމުކަމުގެ ސަނަދު ލިބިފައިވުން ނުވަތަ މުދިމް ކަމުގެ ސަނަދު ލިބިފައިވުން .
3 ޤްރުޢާން ރީއްޗައް ކިޔަވަން އެގުމާއި ބަންގިގޮވުމާއި ޖަމާއަތުގައި ނަމާދުކުރަން އެގޭ ފަރާތަކަށްވުން.
5 ޢުރުން 65 އަހަރު ވެފައިވާ މީހަކު ކަމުގައި ނުވުން.
މަޤާމުގެ މަސްޢޫލިއްޔަތު:
1 ނަމާދުވަގުތައް ފަރުވާތެރިވެ ފަރުޟު ފަސްނަމާދު ވަގުތުގައި ބަންގިގޮވުމާއި އިމާމުވެ ޖަމާއަތުގައި ނަމާދުކުރުން.
2 މިސްކިތައް ދަތިވާކަންކަން ކައުންސިލަށް އަންގައި އެކަންޙައްލުކުރުން.
3 އިމާމުވެ ކޭތަ ނަމާދުކުރުން.
4 މިސްކިތުގެ ސައުންޑް ސިސްޓަމް ބެލެހެއްޓުމާއި ސިސްޓަމަން މައްސަލައެއްދިމާވެއްޖެނަމަ އެކަން ކައުންސިލް އިދާރާއަށް އެންގުން.
5 މިސްކިތުގައި ދީނީ ނަސޭޙަތްދިނުމާއި ކަށުނަމާދު ކުރުމުގެ އިންތިޒާމް ހަމަޖައްސާދިނުން.
6 މިސްކިތު މަސައްކަތުމީހުން މަސައްކަތް ކުރާގޮތްބެލުން.
7 މިސްކިތް ވަގުތީގޮތުން ޙަވާލުކޮށްފައިވަނިކޮށް ބަލިވުން ނުވަތަ ކޮންމެވެސް ކަމެއްދިމާވެގެން ވަގުތައް މިސްކިތައް ދެވޭގޮތް ނުވެއްޖެނަމަ ޙަވާލުކޮށްފައިވާ މިސްކިތުގެ އެއްވެސް ތަނޅުދަނޑިއެއް އޮތްނަމަ އެތަޅު ދަނޑި ކައުންސިލާއި ޙަވާލުކުރުން.
8 ކައުންސިލް އިދާރާގެ ވެރިން އަންގަވާ މިސްކިތާއި ގުޅުންހުރި ކަންކަންކުރުން.
އެޕްލިކޭޝަން ފޮނުވަންވީ ތަރީޚް:
24 ޖަނަވަރީ 2022 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ވ.ފުލިދޫ ކައުންސިލްގެ އިދާރާއަށް.
ހުށައަޅަންޖެހޭ ލިޔެކިޔުންތައް:
# ތައުލީމި ސެޓްފިކެޓުތަކުގެ ކޮޕީ (އެކުރެޑިޓްކޮށްފައިވާ އަދި އަސްލާއެއްގޮތްކަމަށް ޤާނޫނީ ވަކީލެއްގެ އޮފީހަކުން ސޮއި ކޮށްފައިވާ އަސްލު)
# ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ އާއި އައިޑީ ކާޑުގެ ކޮޕީ (އަސްލާއެއްގޮތް ކަމަށް ޤާނޫނީ ވަކީލެއްގެ އޮފީހަކުން ސޮއިކޮށްފައިވާ އަސްލު)
# މި އިއުލާނާއިގުޅިގެން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މި އިދާރާގެ ނަމްބަރ 9393603 ފޯނާއި އެވެ.
ވީމާ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިއުލާނުކުރީމެވެ.
13 ޖުމާދަލް އާޚިރާ 1443
16 ޖަނަވަރީ 2022