ޢިމާދުއްދީން ސްކޫލް
ދިވެހިރާއްޖެ
ސެކިޔުރިޓީ ބަލަހައްޓަައިދޭނެ ފަރާތެއް ބޭނުންވެއްޖެ

  1. މިސްކޫލްގެ ސެކިޔުރިޓި ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިސްކޫލްގް ނަންބަރ: (IUL)IM/1/2021/78 އިއުލަނާއިގުޅިގެން ހުށައެޅިފައިވާ އަގުތައް ބޮޑުކަމަށް ފެންނާތީ އެއިލާންބާތިލްކޮށް މިކަމަށްއެދި ހުށައެޅުމުގެ ފުރުޞަތު މިކަމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.
  2. ސެކިޔުރިޓީ ބެލެހެއްޓުމަށް ކަނޑައެޅެ މުއްދަތަކީ 01 ފެބްރުއަރީ 2022 ން ފެށިގެން 1 އަހަރުދުވަހުގެ މުއްދަތަށެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  3. މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ. މިބީލަމަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  4. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2022 ޖެނުއަރީ 19 ވާ ބުދަދުވަހުގެ  ހެނދުނު 11.30 ގައި ޢިމާދުއްދީން ސުކޫލުގައެވެ.
  5. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 18 ޖެނުއަރީ 2022 ވާ އަންގާރަ ދުވަހުގެ 14.00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުން އެދެމެވެ.
  6. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
  7. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 

ޢިމާދުއްދީން ސްކޫލް

ރެހެންދި ހިނގުން،  މާލެ، ދިވެހިރާއްޖެ

ފޯން: , 33157633315759

އީ-މެއިލް: [email protected]

15 ޖަނަވަރީ 2022
ހޯދާ