މަސައްކަތް
ނަންބަރު: (IUL)IM/1/2022/01
ޕަބްލިޝްކުރި ތާރީޚް: 15 ޖަނަވަރީ 2022
ޕަބްލިޝްކުރި ގަޑި: 17:48
ޢިމާދުއްދީން ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ސެކިޔުރިޓީ ބަލަހައްޓަައިދޭނެ ފަރާތެއް ބޭނުންވެއްޖެ
- މިސްކޫލްގެ ސެކިޔުރިޓި ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިސްކޫލްގް ނަންބަރ: (IUL)IM/1/2021/78 އިއުލަނާއިގުޅިގެން ހުށައެޅިފައިވާ އަގުތައް ބޮޑުކަމަށް ފެންނާތީ އެއިލާންބާތިލްކޮށް މިކަމަށްއެދި ހުށައެޅުމުގެ ފުރުޞަތު މިކަމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.
- ސެކިޔުރިޓީ ބެލެހެއްޓުމަށް ކަނޑައެޅެ މުއްދަތަކީ 01 ފެބްރުއަރީ 2022 ން ފެށިގެން 1 އަހަރުދުވަހުގެ މުއްދަތަށެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ. މިބީލަމަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2022 ޖެނުއަރީ 19 ވާ ބުދަދުވަހުގެ ހެނދުނު 11.30 ގައި ޢިމާދުއްދީން ސުކޫލުގައެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 18 ޖެނުއަރީ 2022 ވާ އަންގާރަ ދުވަހުގެ 14.00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުން އެދެމެވެ.
- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޢިމާދުއްދީން ސްކޫލް
ރެހެންދި ހިނގުން، މާލެ، ދިވެހިރާއްޖެ
ފޯން: , 33157633315759
އީ-މެއިލް: [email protected]
15 ޖަނަވަރީ 2022