މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު - މަސައްކަތު (ކުނިމެނޭޖް ކުރުމަށް)

                                            (IUL)321-A/321/2022/10 ނަންބަރު                                                    

އިޢުލާން

މި ކައުންސިލުން ކުރިޔަށްގެންދާ ކުނިމެނޭޖްކުރުމުގެ މަސައްކަތުގައި ބައިވެރިވާނެ މުވައްޒަފަކު ހޯދަން ބޭނުން ވެއްޖެއެވެ. ވީމާ، މި މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވެލެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ބަޔާންކޮށްފައިވާ ގޮތުގެމަތިން ލިޔުމަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

 

  • މަޤާމް: މަސައްކަތު (ދިވެހި،ފިރިހެން)
  • ޢަދަދު: 01 (އެކެއް)
  • ގިންތި: ދާއިމީ
  • މަޤާމްގެ ޝަރުޠު: އަސާސީ ތަޢުލީމުގެ ފެންވަރަށް ލިޔަން ކިޔަން ދަތުމާއެކު، ގިނަވަގުތު މަސައްކަތުގައި އުޅެވޭފަދަ ޞިއްޙަތެއްހުރި މީހަކު ކަމުގައިވުން (ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ، ދަށްވެގެން ގްރޭޑް 5 ނިންމިކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަންކިޔަން އެނގޭކަން ބަޔާންކޮށް، ސަރުކާރުގެ ރަސްމީ އިދާރާއަކުން ދޫކުރާ ލިއުމަށް ބަލައިގެން ނުވަތަ އެކަން ދެނެގަތުމަށް ކައުންސިލުންދޭ ޓެސްޓުން ފާސްވުމުންނެވެ.)
  • މަސައްކަތްކުރަންޖެހޭ ގަޑި: ދުވާލަކު 08 ގަޑިއިރު (ހުކުރު ދުވަސް ފިޔަވާ ހަފްތާގެ ކޮންމެ ދުވަހަކު، ހެނދުނު 8:00 ން ހަވީރު 4:00 ށް. އަދި ހުކުރު ދުވަހު ހެނދުނު 08:00 ން 10:00 ށް)
  • މުސާރަ: މަހަކު 6000.00 (ހަ ހާސް ރުފިޔާ)
  • އިނާޔަތް: މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކު އެޓެންޑެންސް އެލަވަންސްގެ ގޮތުގައި 40.00 (ސާޅީސް) ރުފިޔާ، އިތުރުގަޑީގައި މަސައްކަތް ކުރައްވާނަމަ، މުސާރައިގެ %30 (އިންސައްތަ) އަށްވުރެ ބޮޑުނުވާގޮތަށް އިތުރު ގަޑީގެ ފައިސާ ލިބޭނެއެވެ. 
  • ކުރަންޖެހޭ މަސައްކަތް: ރަށުގެ ގޭބިސީތަކުގައި އުފެދޭ ފަނާވާ، އަދި ފަނާނުވާ ޒާތުގެ ކުނި ގޭގެއިން ނަގައިގެން ކުނިކޮށްޓަށް ގެންދިއުމާއި ރައްކާތެރިގޮތުގައި ކުނި ނައްތާލުން، އަދި ކައުންސިލުން ކުރިޔަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ކައުންސިލަށް އެހީތެރިވެދީ އެއްބާރުލުން ދިނުން
  • ހުށަހަޅަންޖެހޭ ލިޔެކިޔުންތައް: ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި، ސީ.ވީ އަދި އައި.ޑީ. ކާޑު ނުވަތަ ޑްރައިވިންގެ ލައިސަންސް ނުވަތަ ޕާސްޕޯޓްގެ ކޮޕީ،
  • ސުންގަޑި: 2022 ޖަނަވަރީ 19 ވާ ބުދަ ދުވަހުގެ 14:00

 

މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު: 6600006 ފޯނާ ގުޅުއްވުން އެދެމެވެ. އަދި ނުރަސްމީގަޑީގައި ނަމަ، 7709965 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ. އީމެލް ކުރައްވާނަމަ، މެއިލް ކުރައްވާނީ info@thulhaadhoo.gov.mv އަށެވެ.

09 ޖުމާދަލްއާޚިރު  1443

12 ޖަނަވަރީ 2022
ހޯދާ