ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)321-A/321/2022/10
ޕަބްލިޝްކުރި ތާރީޚް: 12 ޖަނަވަރީ 2022
ޕަބްލިޝްކުރި ގަޑި: 18:22
ސުންގަޑި:
19 ޖަނަވަރީ 2022 14:00
މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު - މަސައްކަތު (ކުނިމެނޭޖް ކުރުމަށް)
(IUL)321-A/321/2022/10 ނަންބަރު
އިޢުލާން
މި ކައުންސިލުން ކުރިޔަށްގެންދާ ކުނިމެނޭޖްކުރުމުގެ މަސައްކަތުގައި ބައިވެރިވާނެ މުވައްޒަފަކު ހޯދަން ބޭނުން ވެއްޖެއެވެ. ވީމާ، މި މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވެލެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ބަޔާންކޮށްފައިވާ ގޮތުގެމަތިން ލިޔުމަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
- މަޤާމް: މަސައްކަތު (ދިވެހި،ފިރިހެން)
- ޢަދަދު: 01 (އެކެއް)
- ގިންތި: ދާއިމީ
- މަޤާމްގެ ޝަރުޠު: އަސާސީ ތަޢުލީމުގެ ފެންވަރަށް ލިޔަން ކިޔަން ދަތުމާއެކު، ގިނަވަގުތު މަސައްކަތުގައި އުޅެވޭފަދަ ޞިއްޙަތެއްހުރި މީހަކު ކަމުގައިވުން (ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ، ދަށްވެގެން ގްރޭޑް 5 ނިންމިކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަންކިޔަން އެނގޭކަން ބަޔާންކޮށް، ސަރުކާރުގެ ރަސްމީ އިދާރާއަކުން ދޫކުރާ ލިއުމަށް ބަލައިގެން ނުވަތަ އެކަން ދެނެގަތުމަށް ކައުންސިލުންދޭ ޓެސްޓުން ފާސްވުމުންނެވެ.)
- މަސައްކަތްކުރަންޖެހޭ ގަޑި: ދުވާލަކު 08 ގަޑިއިރު (ހުކުރު ދުވަސް ފިޔަވާ ހަފްތާގެ ކޮންމެ ދުވަހަކު، ހެނދުނު 8:00 ން ހަވީރު 4:00 ށް. އަދި ހުކުރު ދުވަހު ހެނދުނު 08:00 ން 10:00 ށް)
- މުސާރަ: މަހަކު 6000.00 (ހަ ހާސް ރުފިޔާ)
- އިނާޔަތް: މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކު އެޓެންޑެންސް އެލަވަންސްގެ ގޮތުގައި 40.00 (ސާޅީސް) ރުފިޔާ، އިތުރުގަޑީގައި މަސައްކަތް ކުރައްވާނަމަ، މުސާރައިގެ %30 (އިންސައްތަ) އަށްވުރެ ބޮޑުނުވާގޮތަށް އިތުރު ގަޑީގެ ފައިސާ ލިބޭނެއެވެ.
- ކުރަންޖެހޭ މަސައްކަތް: ރަށުގެ ގޭބިސީތަކުގައި އުފެދޭ ފަނާވާ، އަދި ފަނާނުވާ ޒާތުގެ ކުނި ގޭގެއިން ނަގައިގެން ކުނިކޮށްޓަށް ގެންދިއުމާއި ރައްކާތެރިގޮތުގައި ކުނި ނައްތާލުން، އަދި ކައުންސިލުން ކުރިޔަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ކައުންސިލަށް އެހީތެރިވެދީ އެއްބާރުލުން ދިނުން
- ހުށަހަޅަންޖެހޭ ލިޔެކިޔުންތައް: ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި، ސީ.ވީ އަދި އައި.ޑީ. ކާޑު ނުވަތަ ޑްރައިވިންގެ ލައިސަންސް ނުވަތަ ޕާސްޕޯޓްގެ ކޮޕީ،
- ސުންގަޑި: 2022 ޖަނަވަރީ 19 ވާ ބުދަ ދުވަހުގެ 14:00
މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު: 6600006 ފޯނާ ގުޅުއްވުން އެދެމެވެ. އަދި ނުރަސްމީގަޑީގައި ނަމަ، 7709965 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ. އީމެލް ކުރައްވާނަމަ، މެއިލް ކުރައްވާނީ info@thulhaadhoo.gov.mv އަށެވެ.
09 ޖުމާދަލްއާޚިރު 1443
12 ޖަނަވަރީ 2022