ދިވެހިރާއްޖެ
އިޢުލާން |
ނަންބަރ: |
(IUL)421/421/2022/1 |
ތާރީޚް |
05 ޖުމާދިލްއާޚިރާ 1443 |
|
09 ޖަނަވަރީ 2022 |
ކުނިކޮށީގައި ކުނިނައްތާލުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވުން
މިރަށުގައި ހަދާފައިވާ ކުނިކޮށީގައި ކުނި ނައްތާލުމުގެ މަސައްކަތް ފެށުމަށް މިކައުންސިލުން ތައްޔާރުވަމުންދާތީ ކުނި ނައްތާލުމާބެހޭގޮތުން ޢާންމު ރައްޔިތުން ހޭލުންތެރި ކުރުމަށްޓަކައި ތިރީގައި މިދަންނަވާ މަޢުލޫމާތުތައް އެކިދުވަސް ތަކަށް ބަހާލައިގެން ރައްޔިތުންނާ ޙިއްސާކުރުމަށް ކައުންސިލުން ވަނީ ނިންމާފައެވެ. އެހެން ކަމުން ހުރިހާ ރައްޔިތުންވެސް މިކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވައިގެން މިދެންނެވި މަޢުލޫމާތު ސެޝަން ތަކުގައި ބައިވެރިވެދެއްވުމަށް އިލްތިމާސް ކުރަމެވެ.
- ކުނިމެނޭޖްކުރުމުގެ ޤަވާއިދާ ބެހޭ މަޢުލޫމާތު ދިނުން – 18 ޖެނުއަރީ 2022 ގައި
- ކުނިމެނޭޖްކުރުމާ ބެހޭގޮތުން ހަދާ ސާވޭގެ މަޢުލޫމާތު ދިނުން - 18 ޖެނުއަރީ 2022 ގައި
- ކުނިނައްތާލުމާބެހޭ ނިޒާމް ހިގާގޮތާއި ބެހޭގޮތުން މަޢުލޫމާތު ދިނުން – 20 ޖަނަވަރީ 2022 ގައި
- ކުނިނައްތާލުމާ ބެހޭ އުސޫލުތަކާ ބެހޭގޮތުން މަޢުލޫމާތު ދިނުން - 20 ޖަނަވަރީ 2022 ގައި
- ކުނި ނައްތާލުމާބެހޭގޮތުން އެކި ފަރާތްތަކާއެކު ވެވޭ އެއްބަސްވުމުގެ މަޢުލޫމާތާއި،ރެޖިސްޓްރޭޝަން ފޯމް،ފީކާޑް،އަދި އެކި ރިޕޯޓް ތަކާބެހޭ މަޢުލޫމާތު ދިނުން- 23 ޖެނުއަރީ 2022 ގައި
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
ޙަސަން ޢަބްދުﷲ
ކައުންސިލްގެ ރައީސް