ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)421/421/2022/1
ޕަބްލިޝްކުރި ތާރީޚް: 09 ޖަނަވަރީ 2022
ޕަބްލިޝްކުރި ގަޑި: 10:01
ސުންގަޑި: 17 ޖަނަވަރީ 2022 13:00
ހުވަދުއަތޮޅު ދެކުނުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނިކޮށީގައި ކުނި ނައްތާލުމުގެ މަސައްކަތް ފެށުން

                                         

 

އިޢުލާން

ނަންބަރ:

 (IUL)421/421/2022/1

ތާރީޚް

‏ 05 ޖުމާދިލްއާޚިރާ 1443

 09 ޖަނަވަރީ 2022

 

ކުނިކޮށީގައި ކުނިނައްތާލުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވުން

 

މިރަށުގައި ހަދާފައިވާ ކުނިކޮށީގައި ކުނި ނައްތާލުމުގެ މަސައްކަތް ފެށުމަށް މިކައުންސިލުން ތައްޔާރުވަމުންދާތީ ކުނި ނައްތާލުމާބެހޭގޮތުން ޢާންމު ރައްޔިތުން ހޭލުންތެރި ކުރުމަށްޓަކައި ތިރީގައި މިދަންނަވާ މަޢުލޫމާތުތައް އެކިދުވަސް ތަކަށް ބަހާލައިގެން ރައްޔިތުންނާ ޙިއްސާކުރުމަށް ކައުންސިލުން ވަނީ ނިންމާފައެވެ. އެހެން ކަމުން ހުރިހާ ރައްޔިތުންވެސް މިކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވައިގެން މިދެންނެވި މަޢުލޫމާތު ސެޝަން ތަކުގައި ބައިވެރިވެދެއްވުމަށް އިލްތިމާސް ކުރަމެވެ.

 

  1. ކުނިމެނޭޖްކުރުމުގެ ޤަވާއިދާ ބެހޭ މަޢުލޫމާތު ދިނުން – 18 ޖެނުއަރީ 2022 ގައި
  2. ކުނިމެނޭޖްކުރުމާ ބެހޭގޮތުން ހަދާ ސާވޭގެ މަޢުލޫމާތު ދިނުން - 18 ޖެނުއަރީ 2022 ގައި
  3. ކުނިނައްތާލުމާބެހޭ ނިޒާމް ހިގާގޮތާއި ބެހޭގޮތުން މަޢުލޫމާތު ދިނުން – 20 ޖަނަވަރީ 2022 ގައި
  4. ކުނިނައްތާލުމާ ބެހޭ އުސޫލުތަކާ ބެހޭގޮތުން މަޢުލޫމާތު ދިނުން - 20 ޖަނަވަރީ 2022 ގައި
  5. ކުނި ނައްތާލުމާބެހޭގޮތުން އެކި ފަރާތްތަކާއެކު ވެވޭ އެއްބަސްވުމުގެ މަޢުލޫމާތާއި،ރެޖިސްޓްރޭޝަން ފޯމް،ފީކާޑް،އަދި އެކި ރިޕޯޓް ތަކާބެހޭ މަޢުލޫމާތު ދިނުން- 23 ޖެނުއަރީ 2022 ގައި

 

 

         މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

 

 

                                                          ޙަސަން ޢަބްދުﷲ

                                                         ކައުންސިލްގެ ރައީސް

09 ޖަނަވަރީ 2022