ދިވެހިރާއްޖެ
މި ކޯޕަރޭޝަނުގައި ހުރި އެޕަލް ބްރޭންޑުގެ 3 ލެޕްޓޮޕް ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުންވެއްޖެއެވެ.
ތަފުސީލު |
ނީލަން ފެށޭ އަގު |
މަދުވެގެން އިތުރުކުރެވޭނެ އަގު |
ސިޓީ ފޮނުއްވާނެ ތާރީޚު |
ސިޓީ ފޮނުއްވާނެ ގަޑި |
1 (އެކެއް) މެކްބުކް ޕްރޯ |
8000 ރުފިޔާ |
400 ރުފިޔާ |
20 މެއި 2013 - އިން ފެށިގެން |
9:00 އިން 15:00 އަށް |
1 (އެކެއް) މެކްބުކް އެއަރ |
7000 ރުފިޔާ |
600 ރުފިޔާ |
||
1 (އެކެއް) މެކްބުކް ޕްރޯ (core i5) |
11000 ރުފިޔާ |
800 ރުފިޔާ |
މިލެޕްޓޮޕްތައް ބައްލަވާލެއްވުމަށާއި މަޢުލޫމާތު ހޯއްދެވުމަށް ވަޑައިގަންނަވާނީ ހެނދުނު 9:00 އިން މެންދުރު 12:00 އަށެވެ. ކޮންމެ ދުވަހެއްގެ އެންމެ މަތީ އަގު މެންދުރު 12:00ގެ ފަހުން މި ކޯޕަރޭޝަންގެ ހެޑް އޮފީހުގެ ނޯޓިސް ބޯޑުން ފެނިވަޑައިގަންނަވާނެއެވެ. ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ޖެހިޖެހިގެން 3 ދުވަހު އެއް އަގެއްގައި އޮވެއްޖެނަމަ، އެ އަގު ހުށަހެޅުއްވި ފަރާތަށް ނީލަން ނިމޭނެއެވެ.
އަގު ހުށަހަޅުއްވާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް:
- ހިމަނަން ޖެހޭ މަޢުލޫމާތު: އަގު ހުށަހަޅުއްވާ ފަރާތުގެ ނަމާއި، އައި.ޑީ ކާޑު ކޮޕީ އަދި ފޯނު ނަމްބަރު ހިމަނަންވާނެއެވެ.
އަގު ހުށަހަޅުއްވައި ސިޓީ ފޮނުއްވާނީ މި ކޯޕަރޭޝަންގެ ހެޑް އޮފީހަށެވެ. އަގު ހުށަހަޅުއްވާއިރު ނީލަމުގެ ސެކިއުރިޓީގެ ގޮތުގައި -/1000 ރ. ގެ ޑިޕޮސިޓެއް ހުށަހަޅަންވާނެއެވެ. ޑިޕޮސިޓް ހުށަނާޅުއްވާ ފަރާތްތަކުގެ ހުށަހެޅުން ކެންސަލްވާނޭ ވާހަކަ ދަންނަވަމެވެ. އަދި މިކަމާ ގުޅޭ އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން މި ކޯޕަރޭޝަނުގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
6 ރަޖަބު 1434