ނީލަން
ނަންބަރު: TCL/IUL/13/1026
ޕަބްލިޝްކުރި ތާރީޚް: 20 މޭ 2013
ޕަބްލިޝްކުރި ގަޑި: 15:28
ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ލެޕްޓޮޕްތަކެއް ނީލަންކިޔުމާ ބެހޭ

މި ކޯޕަރޭޝަނުގައި ހުރި އެޕަލް ބްރޭންޑުގެ 3 ލެޕްޓޮޕް ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުންވެއްޖެއެވެ.

ތަފުސީލު

ނީލަން ފެށޭ އަގު

މަދުވެގެން އިތުރުކުރެވޭނެ އަގު

ސިޓީ ފޮނުއްވާނެ ތާރީޚު

ސިޓީ ފޮނުއްވާނެ ގަޑި

1 (އެކެއް) މެކްބުކް ޕްރޯ

8000 ރުފިޔާ

400 ރުފިޔާ

20 މެއި 2013  - އިން ފެށިގެން

9:00 އިން 15:00 އަށް

1 (އެކެއް) މެކްބުކް އެއަރ

7000 ރުފިޔާ

600 ރުފިޔާ

1 (އެކެއް) މެކްބުކް ޕްރޯ (core i5)

11000 ރުފިޔާ

800 ރުފިޔާ

މިލެޕްޓޮޕްތައް ބައްލަވާލެއްވުމަށާއި މަޢުލޫމާތު ހޯއްދެވުމަށް ވަޑައިގަންނަވާނީ ހެނދުނު 9:00 އިން މެންދުރު 12:00 އަށެވެ. ކޮންމެ ދުވަހެއްގެ އެންމެ މަތީ އަގު މެންދުރު 12:00ގެ ފަހުން މި ކޯޕަރޭޝަންގެ ހެޑް އޮފީހުގެ ނޯޓިސް ބޯޑުން ފެނިވަޑައިގަންނަވާނެއެވެ. ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ޖެހިޖެހިގެން 3 ދުވަހު އެއް އަގެއްގައި އޮވެއްޖެނަމަ، އެ އަގު ހުށަހެޅުއްވި ފަރާތަށް ނީލަން ނިމޭނެއެވެ.

އަގު ހުށަހަޅުއްވާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް:

  • ހިމަނަން ޖެހޭ މަޢުލޫމާތު: އަގު ހުށަހަޅުއްވާ ފަރާތުގެ ނަމާއި،  އައި.ޑީ ކާޑު ކޮޕީ  އަދި ފޯނު ނަމްބަރު ހިމަނަންވާނެއެވެ.

އަގު ހުށަހަޅުއްވައި ސިޓީ ފޮނުއްވާނީ މި ކޯޕަރޭޝަންގެ ހެޑް އޮފީހަށެވެ.  އަގު ހުށަހަޅުއްވާއިރު ނީލަމުގެ ސެކިއުރިޓީގެ ގޮތުގައި -/1000 ރ. ގެ ޑިޕޮސިޓެއް ހުށަހަޅަންވާނެއެވެ. ޑިޕޮސިޓް ހުށަނާޅުއްވާ ފަރާތްތަކުގެ ހުށަހެޅުން ކެންސަލްވާނޭ ވާހަކަ ދަންނަވަމެވެ. އަދި މިކަމާ ގުޅޭ އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން މި ކޯޕަރޭޝަނުގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

 

6 ރަޖަބު 1434

20 މޭ 2013