މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އޮފީސް އިމާރާތް މަރާމާތު ކުރާނެ ފަރާތެއް ހޯދުން

އިޢުލާން

 

މިއިދާރާއިންދޭ ކުރެހުމަކާއެއްގޮތަށް މިއިދާރާގެ ޢިމާރާތަށް އިތުރުކުރާ ބަޔާއެކު ޢިމާރާތް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މި އިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤްވެރިވެލައްވާ ފަރާތްތަކުން 2022 ޖެނުއަރީ 5 ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން ގެޒެޓްކުރެވިފައިވާ ރަޖިސްޓްރޭޝަން ފޯމު ފުރިހަމަކުރެއްވުމަށްފަހު [email protected] އަށް އީމެއިލް ކުރެއްވުން ނުވަތަ ރަޖިސްޓްރޭޝަން ފޯމު މިއިދާރާގެ ކައުންޓަރުން ނަންގަވާ ފުރިހަމަކުރެއްވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. ރަޖިސްޓަރީ ކުރައްވާ ފަރާތްތަކަށް ބިޑް ޑޮކިއުމަންޓް ލިބޭނޭ އިންތިޒާމް ހަމަޖައްސައިދެވޭނެއެވެ. 

 

 

ތަން

ތާރީޚް

ދުވަސް

ގަޑި

ރަޖިސްޓަރީ ވި ފަރާތްތަކަށް މަޢުލޫމާތު ދިނުން

މ. މުލީ ކައުންސިލްގެ އިދާރާ

12 ޖެނުއަރީ  2022

ބުދަ

13:00

އަންދާސީ ހިސާބު ހުށަހެޅުން

މ. މުލީ ކައުންސިލްގެ އިދާރާ

20 ޖެނުއަރީ  2022

ބުރާސްފަތި

13:00

ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ގޮތް

  1. މަސައްކަތުގެ އަގަށް: %85 (އެންމެ ކުޑަ އަގަކީ ބެންޗްމާކު ކަމުގައި ބަލައިގެން).
  2. މުއްދަތު: %5 (އެންމެ ކުރު މުއްދަތަކީ ބެންޗްމާކު ކަމުގައި ބަލައިގެން).
  3. މަސައްކަތު ތަޖުރިބާއަށް: %5 (ޖޫރިމަނާއެއްނެތި ހިންގާފައިވާ ގުޅުންހުރި ޕްރޮޖެކްޓްތަކަށް އެކަނި).
  4. މާލީ ޤާބިލުކަން: %5 (މަސައްކަތް ކޮށްދިނުމަށް ހުށަހެޅި އަގުގެ %20 އަށްވުރެ ދަށްނަމަ އެއްވެސް ޕޮއިންޓެއް ނުދެވޭނެއެވެ.)

 

މިކަމާގުޅިގެން މީގެކުރިން ކޮށްފައިވާ ނަންބަރު: (IUL)365/ESMS/2021/71 (24 ނޮވެމްބަރ 2021) އިޢުލާނަށް އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅުއްވާފައިނުވާތީ، ދެންނެވުނު އިޢުލާނު ވަނީ ބާތިލްކުރެވިފައެވެ.

މިހެންވެ މިކަން އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

27 ޑިސެންބަރު 2021
ހޯދާ