ދިވެހިރާއްޖެ
އިޢުލާން
މިއިދާރާއިންދޭ ކުރެހުމަކާއެއްގޮތަށް މިއިދާރާގެ ޢިމާރާތަށް އިތުރުކުރާ ބަޔާއެކު ޢިމާރާތް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
މި އިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤްވެރިވެލައްވާ ފަރާތްތަކުން 2022 ޖެނުއަރީ 5 ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން ގެޒެޓްކުރެވިފައިވާ ރަޖިސްޓްރޭޝަން ފޯމު ފުރިހަމަކުރެއްވުމަށްފަހު [email protected] އަށް އީމެއިލް ކުރެއްވުން ނުވަތަ ރަޖިސްޓްރޭޝަން ފޯމު މިއިދާރާގެ ކައުންޓަރުން ނަންގަވާ ފުރިހަމަކުރެއްވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. ރަޖިސްޓަރީ ކުރައްވާ ފަރާތްތަކަށް ބިޑް ޑޮކިއުމަންޓް ލިބޭނޭ އިންތިޒާމް ހަމަޖައްސައިދެވޭނެއެވެ.
|
ތަން |
ތާރީޚް |
ދުވަސް |
ގަޑި |
ރަޖިސްޓަރީ ވި ފަރާތްތަކަށް މަޢުލޫމާތު ދިނުން |
މ. މުލީ ކައުންސިލްގެ އިދާރާ |
12 ޖެނުއަރީ 2022 |
ބުދަ |
13:00 |
އަންދާސީ ހިސާބު ހުށަހެޅުން |
މ. މުލީ ކައުންސިލްގެ އިދާރާ |
20 ޖެނުއަރީ 2022 |
ބުރާސްފަތި |
13:00 |
ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ގޮތް
- މަސައްކަތުގެ އަގަށް: %85 (އެންމެ ކުޑަ އަގަކީ ބެންޗްމާކު ކަމުގައި ބަލައިގެން).
- މުއްދަތު: %5 (އެންމެ ކުރު މުއްދަތަކީ ބެންޗްމާކު ކަމުގައި ބަލައިގެން).
- މަސައްކަތު ތަޖުރިބާއަށް: %5 (ޖޫރިމަނާއެއްނެތި ހިންގާފައިވާ ގުޅުންހުރި ޕްރޮޖެކްޓްތަކަށް އެކަނި).
- މާލީ ޤާބިލުކަން: %5 (މަސައްކަތް ކޮށްދިނުމަށް ހުށަހެޅި އަގުގެ %20 އަށްވުރެ ދަށްނަމަ އެއްވެސް ޕޮއިންޓެއް ނުދެވޭނެއެވެ.)
މިކަމާގުޅިގެން މީގެކުރިން ކޮށްފައިވާ ނަންބަރު: (IUL)365/ESMS/2021/71 (24 ނޮވެމްބަރ 2021) އިޢުލާނަށް އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅުއްވާފައިނުވާތީ، ދެންނެވުނު އިޢުލާނު ވަނީ ބާތިލްކުރެވިފައެވެ.
މިހެންވެ މިކަން އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.