ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އޭ-ޒޯން ބިން ސާފުކުރުމުގެ މަސައްކަތުގެ އަގު (ކޯޓޭޝަން) ހުށަހެޅުމަށް ހުޅުވާލުން

އޭ-ޒޯން ލައިސަންސް ދޫކުރުމަށްޓަކައި ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާއިން ޅ. ނައިފަރުގައި ތަރައްޤީ ކޮށްފައިވާ އޭ-ޒޯން ލައިސަންސް ދޫކުރާ ބިމާއި، އެބިމާއިން އިންވެގެންވާ މަގު ކުނިކަހައި، ވިނަ ނޮޅާ ސާފުކުރުމުގެ މަސައްކަތް 1 އަހަރު ދުވަހުގެ މުއްދަތަށް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން މަސައްކަތްކުރުމަށް އަގު (ކޯޓޭޝަން) ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 

އަގު(ކޯޓޭޝަން) ހުށަހަޅާ ފޯމް

ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ ވެބްސައިޓް www.lhaviyani.gov.mv އިން ޑައުލޯޑްކުރެވެން ހުންނާނެއެވެ. އަދި ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ  ރިސެޕްޝަން އިންވެސް ލިބެން ހުންނަނާނެއެވެ. 

އަގު (ކޯޓޭޝަން) ހުށަހެޅުމުގެ  ސުންގަޑި: 

އަގު (ކޯޓޭޝަން) ހުށަހެޅުމުގެ ސުންގަޑިއަކީ 30 ޑިސެމްބަރ 2021 ވާ ހޯމަ ދުވަހުގެ 13:00 އެވެ.

އީމެއިލް މެދިވެރިކޮށް އަގު (ކޯޓޭޝަން)  ހުށަހަޅާނަމަ [email protected] އަށް 30

ޑިސެމްބަރ 2021 ދުވަހުގެ 13:00 ގެ ކުރިން ފޮނުވަންވާނެއެވެ.  

 

 

 

އިތުރު މަޢުލޫމާތު:

އެޑްމިނިސްޓްރޭޝަން އެޗްއާރު އެންޑް އިންފޮރމޭޝަން ޔުނިޓް

ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ  /  ޅ. ނައިފަރު، ދިވެހިރާއްޖެ،

ފޯން: 6620331 ނުވަތަ 6620118،                  އީމެއިލް: [email protected]

26 ޑިސެންބަރު 2021
ހޯދާ