ދިވެހިރާއްޖެ
އޭ-ޒޯން ލައިސަންސް ދޫކުރުމަށްޓަކައި ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާއިން ޅ. ނައިފަރުގައި ތަރައްޤީ ކޮށްފައިވާ އޭ-ޒޯން ލައިސަންސް ދޫކުރާ ބިމާއި، އެބިމާއިން އިންވެގެންވާ މަގު ކުނިކަހައި، ވިނަ ނޮޅާ ސާފުކުރުމުގެ މަސައްކަތް 1 އަހަރު ދުވަހުގެ މުއްދަތަށް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން މަސައްކަތްކުރުމަށް އަގު (ކޯޓޭޝަން) ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. |
|
އަގު(ކޯޓޭޝަން) ހުށަހަޅާ ފޯމް |
ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ ވެބްސައިޓް www.lhaviyani.gov.mv އިން ޑައުލޯޑްކުރެވެން ހުންނާނެއެވެ. އަދި ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ ރިސެޕްޝަން އިންވެސް ލިބެން ހުންނަނާނެއެވެ. |
އަގު (ކޯޓޭޝަން) ހުށަހެޅުމުގެ ސުންގަޑި: |
އަގު (ކޯޓޭޝަން) ހުށަހެޅުމުގެ ސުންގަޑިއަކީ 30 ޑިސެމްބަރ 2021 ވާ ހޯމަ ދުވަހުގެ 13:00 އެވެ. އީމެއިލް މެދިވެރިކޮށް އަގު (ކޯޓޭޝަން) ހުށަހަޅާނަމަ [email protected] އަށް 30 ޑިސެމްބަރ 2021 ދުވަހުގެ 13:00 ގެ ކުރިން ފޮނުވަންވާނެއެވެ. |
އިތުރު މަޢުލޫމާތު: |
އެޑްމިނިސްޓްރޭޝަން އެޗްއާރު އެންޑް އިންފޮރމޭޝަން ޔުނިޓް ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ / ޅ. ނައިފަރު، ދިވެހިރާއްޖެ، ފޯން: 6620331 ނުވަތަ 6620118، އީމެއިލް: [email protected] |