ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އެގްޒަމިނަރުން ހޯދުމަށް
އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ޢަމަލީ އިމްތިޙާނު ދިނުމަށް އެގުޒަމިނަރުން ބޭނުންވެއްޖެއެވެ.
- ބޭނުންވާ ޢަދަދު:2 ( ދޭއް )
ޝަރުތު:
- ލިޔަންކިޔަން އެނގުން.
- އޭޒޯންގެ ޑްރައިވިންގ ލައިސަންސްAO,A1,B1,B2,C1,C2,C3,C4,CO,C1E,DO ކެޓަގަރީ އޮތް މީހަކު ކަމުގައިވުން.
- މި އިދާރާގެ މުވައްޒަފަކު ކަމުގައި ނުވުން.
- ފާއިތުވި ފަސްއަހަރު ޓްރެފިކް ވައެލޭޝަން ކުށެއްކޮށްފައި ނުވުން.( 3 މަސް ހަމަނުވާ ޕޮލިސްރިޕޯޓް )
- ފަސް އަހަރު ވެފައިވާ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ޑްރައިވިންގ ލައިސަންސް އޮތުން.
- ޑްރައިވިން ސްކޫލެއްގެ ޙިއްޞާ އޮންނަ ފަރާތެއްކަމުގައި ނުވުން.
އެގުޒަމިނަރުކަން ކުރައްވާ ފަރާތްތަކަށް ދުއްވާކޮންމެ އޭ ކެޓަގަރީގެ އުޅަނދަކަށް 35/-ރ (ތިރީސްފަސް ރުފިޔާ) ބީ،ސީ،ޑީ އަދި އީ ކެޓަގަރީގެ އުޅަނދަކަށް -/50 ރ (ފަންސާސް ރުފިޔާ)ގެ އެލަވަންސެއް ހަމަޖެހިފައިވާ އުޞޫލުން ދެވޭނެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ލިޔުންތަކާއި، އައިޑީކާޑް ކޮޕީއާއެކު 2021 ޑިސެމްބަރު 26 ވާ އާދީއްތަ ދުވަހު 12:00ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
09 ޑިސެންބަރު 2021
ހޯދާ