ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL) 240-CA/240/2021/33
ޕަބްލިޝްކުރި ތާރީޚް: 09 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 08:09
ސުންގަޑި: 26 ޑިސެންބަރު 2021 12:00
ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެގްޒަމިނަރުން ހޯދުމަށް

އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ޢަމަލީ އިމްތިޙާނު ދިނުމަށް އެގުޒަމިނަރުން ބޭނުންވެއްޖެއެވެ.

 

  • ބޭނުންވާ ޢަދަދު:2  ( ދޭއް )

ޝަރުތު:  

  • ލިޔަންކިޔަން އެނގުން.
  • އޭޒޯންގެ ޑްރައިވިންގ ލައިސަންސްAO,A1,B1,B2,C1,C2,C3,C4,CO,C1E,DO  ކެޓަގަރީ އޮތް މީހަކު ކަމުގައިވުން.
  • މި އިދާރާގެ މުވައްޒަފަކު ކަމުގައި ނުވުން.
  • ފާއިތުވި ފަސްއަހަރު ޓްރެފިކް ވައެލޭޝަން ކުށެއްކޮށްފައި ނުވުން.( 3 މަސް ހަމަނުވާ ޕޮލިސްރިޕޯޓް )
  • ފަސް އަހަރު ވެފައިވާ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ޑްރައިވިންގ ލައިސަންސް އޮތުން.
  • ޑްރައިވިން ސްކޫލެއްގެ ޙިއްޞާ އޮންނަ ފަރާތެއްކަމުގައި ނުވުން.

 

އެގުޒަމިނަރުކަން ކުރައްވާ ފަރާތްތަކަށް ދުއްވާކޮންމެ އޭ ކެޓަގަރީގެ އުޅަނދަކަށް 35/-ރ (ތިރީސްފަސް ރުފިޔާ) ބީ،ސީ،ޑީ އަދި އީ ކެޓަގަރީގެ އުޅަނދަކަށް -/50 ރ (ފަންސާސް ރުފިޔާ)ގެ އެލަވަންސެއް ހަމަޖެހިފައިވާ އުޞޫލުން ދެވޭނެއެވެ.

 

ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ލިޔުންތަކާއި، އައިޑީކާޑް ކޮޕީއާއެކު 2021 ޑިސެމްބަރު 26 ވާ އާދީއްތަ ދުވަހު 12:00ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

09 ޑިސެންބަރު 2021