މިލަދުންމަޑުލު ދެކުނުބުރީ މާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާފަރު ބަނދަރުން ފަސޭހައިން ފެން ލިބޭނެ އިންތިޒާމު ހަމަޖެއްސުން

އަންދާސީ ހިސާބު ބޭނުންވެއްޖެ

މިރަށު ބަނދަރުން މިހާރަށް ވުރެ ފަސޭހައިން ފެން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، ކައުންސިލުން ދެއްވާ ކުރެހުމާއި، މަޢުލޫމާތާއި، އެއްގޮތަށް، އަދި އެ މަސައްކަތަށް ބޭނުންވާ މައިގަނޑު ތަކެތި ކައުންސިލުން ފޯރުކޮށްދިނުމުން، އެ މަސަައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

 

ކުރަންޖެހޭ މަސައްކަތް

ބަނދަރުގައި މިހާރު ބަހައްޓާފައި ހުރި ފެން މުޑީގެ ދެކުނުގައި އިތުރު 4 ފެންމުޑި ބެހެއްޓުން، އަދި މިހާރު ބަހައްޓާފައި ހުރި ފެން މުޑީގެ އުތުރުގައި އިތުރު 4 ފެންމުޑި ބެހެއްޓުން. ( ބަހައްޓަންޖެހޭ ދުރުމިނާއި، އިތުރު މަޢުލޫމާތު، މި އިއުލާނާއި ގުޅިގެން، ބާއްވާ މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ފޯރުކޮށްދެވޭނެނެއެވެ.)

 

ކައުންސިލުން ފޯރުކޮށްދޭނެ މައިގަނޑު ތަކެތި

  • 55 ހޮޅި ( 1 އިންޗި )
  • 4 ހޮޅި (4 އިންޗި )
  • 6 ހޮޅި ( ބައި އިންޗި)
  • 8 އިސްކުރު
  • 8 ވޭލު
  • 2 ދަޅު ތެރަސް (ބޮޑު)
  • 25 ޖޮއިންޓް ( 1 އިންޗި )
  • 4 އެލްބޯ (1 އިންޗި )
  • 10 ޓީ (1 އިންޗި )
  • 8 ރެޑިއުސަރ (1 އިންޗި ← ބައި އިންޗި )
  • 8 އެލްބޯ (ބައި އިންޗި )
  • 8 ތްރެޑް އެލްބޯ ( ބައި އިންޗި )
  • 3 ކޮތަޅު ސިމެންތި
  • 6 ބަސްތާ ހިލަވެލި
  • 9 ބަސްތާ ހިލަ

 

މަސައްކަތާއި ގުޅޭ އިތުރު މަޢުލޫމާތު ދިނުން

މި މަސައްކަތާއި ގުޅޭ އިތުރު މަޢުލޫމާތު ދިނުން އޮންނާނީ 8 ޑިސެމްބަރ 2021 ވާ ބުދަ ދުވަހުގެ 10:00 ގައި މާފަރު ކައުންސިލްގެ އިދާރާގެ މީޓިން ރޫމުގައެވެ.

އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ، 12 ޑިސެމްބަރ 2021 ވާ އާދިއްތަ ދުވަހު 11:00 ގައި މާފަރު ކައުންސިލްގެ އިދާރާގެ މީޓިން ރޫމުގައެވެ.

 

މާކްސް ދެވޭ ކްރައިޓީރިއާ

މާކްސް ދެވޭ ގޮތް

 

ތަފްޞީލް

 

ފޯމިއުލާރ

 

 

 

 

 

އަގު

 

 

 

 

 

%70

  •  ޚިދުމަތުގެ އަގަށްދޭ މާކްސް
  •  މާކްސް ދެވޭނީ މި އިދާރާގެ ބިޑް އިވެލުވޭޝަނުން ފާސްވާ ފަރާތްތަކުން އެންމެ ކުޑަ އަގަކީ، ބެންޗްމާކް އެއްކަމުގައި ބަލައިގެން، ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑަ އަގެއް ހުށަހަޅާ ފަރާތަކަށެވެ.

 

 

 

(Benchmark Price / Submitted Price ) x Allocated Percentage

 

 

 

 

މުއްދަތު

 

 

 

 

 

%20

  •  މަސައްކަތް ނިންމާނެ މުއްދަތަށް ދެވޭ މާކްސް
  • މާކްސް ދެވޭނީ މި އިދާރާގެ ބިޑް އިވެލުއޭޝަން ކޮމެޓީން ފާސްވާ ފަރާތްތަކުން، ހުށަހަޅާ މުއްދަތުތަކުގެ ތެރެއިން އެކަށީގެންވާ އެންމެ ކުރު މުއްދަތެއް އެއީ ބެންޗްމާކް އެއް ކަމުގައި ބަލައިގެން، ހުރިހާ މުއްދަތެއްގެ މެދުގައި، ލިބޭ % (އިންސައްތަ)
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެކަށީގެންވާ އެންމެ ކުރު މުއްދަތެއްގެ ތެރޭގައި މަސައްކަތް ނިންމާނެ ފަރާތަކަށެވެ.  

(Submitted Period / Benchmark Period ) x Allocated Percentage

 

 

 

 

 

 

 

 

 

ތަޖުރިބާ

 

 

 

 

 

 

 

 

 

  •  މަސައްކަތާއި ގުޅޭ ދާއިރާގައި އެންމެ ގިނަ ދުވަހު މަސައްކަތްކޮށް އަދި ނިންމާފައިވާ ޕްރޮޖެކްޓްތަކަށް ދެވޭ މާކްސް
  •  މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ މި ކައުންސިލްގެ ބިޑު އިވެލުވޭޝަން ކޮމެޓީން ފާސްވާ ފަރާތްތަކުން، މަސައްކަތާއި ގުޅޭ ދާއިރާގައި، އެންމެ ދިގު މުއްދަތެއް ހޭދަކޮށް، އަދި އެންމެ ގިނަ ޕްރޮޖެކްޓްތައް ހިންގާފައިވާ ފަރާތަކަށެވެ.
  •  ޖޫރިމަނާވެފައިވާ ނުވަތަ ޕްރޮޖެކްޓް ނިންމުމުގައި ފަރުވާކުޑަ ކޮށްފައިވާ ލިޔުންތަކާއި، އަމިއްލަ ފަރާތްތަކަށް ކޮށްދީފައިވާ މަސައްކަތުގެ ލިޔުންތަކަށް ޕޮއިންޓެއް ނުދެވޭނެއެވެ.

 

 

 

 

 

(Submitted years of Experience / Benchmark experience Duration ) x Allocated Percentage

 

 

އިތުރު މަޢުލޫމާތެއް ސާފުކުރުމަށް ބޭނުންފުޅުވާނަމަ، ތިރީގައިވާ އީ މެއިލް އަށް މެއިލް ކުރެއްވުން ނުވަތަ ތިރީގައިވާ ނަންބަރަށް ގުޅުއްވުން އެދެމެވެ.

 

އީމެއިލް: [email protected]

ފޯނު ނަމްބަރު: 6560005

06 ޑިސެމްބަރ 2021

06 ޑިސެންބަރު 2021
ހޯދާ