ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ
މިރަށު ބަނދަރުން މިހާރަށް ވުރެ ފަސޭހައިން ފެން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، ކައުންސިލުން ދެއްވާ ކުރެހުމާއި، މަޢުލޫމާތާއި، އެއްގޮތަށް، އަދި އެ މަސައްކަތަށް ބޭނުންވާ މައިގަނޑު ތަކެތި ކައުންސިލުން ފޯރުކޮށްދިނުމުން، އެ މަސަައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
ކުރަންޖެހޭ މަސައްކަތް
ބަނދަރުގައި މިހާރު ބަހައްޓާފައި ހުރި ފެން މުޑީގެ ދެކުނުގައި އިތުރު 4 ފެންމުޑި ބެހެއްޓުން، އަދި މިހާރު ބަހައްޓާފައި ހުރި ފެން މުޑީގެ އުތުރުގައި އިތުރު 4 ފެންމުޑި ބެހެއްޓުން. ( ބަހައްޓަންޖެހޭ ދުރުމިނާއި، އިތުރު މަޢުލޫމާތު، މި އިއުލާނާއި ގުޅިގެން، ބާއްވާ މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ފޯރުކޮށްދެވޭނެނެއެވެ.)
ކައުންސިލުން ފޯރުކޮށްދޭނެ މައިގަނޑު ތަކެތި
- 55 ހޮޅި ( 1 އިންޗި )
- 4 ހޮޅި (4 އިންޗި )
- 6 ހޮޅި ( ބައި އިންޗި)
- 8 އިސްކުރު
- 8 ވޭލު
- 2 ދަޅު ތެރަސް (ބޮޑު)
- 25 ޖޮއިންޓް ( 1 އިންޗި )
- 4 އެލްބޯ (1 އިންޗި )
- 10 ޓީ (1 އިންޗި )
- 8 ރެޑިއުސަރ (1 އިންޗި ← ބައި އިންޗި )
- 8 އެލްބޯ (ބައި އިންޗި )
- 8 ތްރެޑް އެލްބޯ ( ބައި އިންޗި )
- 3 ކޮތަޅު ސިމެންތި
- 6 ބަސްތާ ހިލަވެލި
- 9 ބަސްތާ ހިލަ
މަސައްކަތާއި ގުޅޭ އިތުރު މަޢުލޫމާތު ދިނުން
މި މަސައްކަތާއި ގުޅޭ އިތުރު މަޢުލޫމާތު ދިނުން އޮންނާނީ 8 ޑިސެމްބަރ 2021 ވާ ބުދަ ދުވަހުގެ 10:00 ގައި މާފަރު ކައުންސިލްގެ އިދާރާގެ މީޓިން ރޫމުގައެވެ.
އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ، 12 ޑިސެމްބަރ 2021 ވާ އާދިއްތަ ދުވަހު 11:00 ގައި މާފަރު ކައުންސިލްގެ އިދާރާގެ މީޓިން ރޫމުގައެވެ.
މާކްސް ދެވޭ ކްރައިޓީރިއާ |
މާކްސް ދެވޭ ގޮތް |
ތަފްޞީލް |
ފޯމިއުލާރ |
އަގު |
%70 |
|
(Benchmark Price / Submitted Price ) x Allocated Percentage |
މުއްދަތު |
%20 |
|
(Submitted Period / Benchmark Period ) x Allocated Percentage |
ތަޖުރިބާ |
|
|
(Submitted years of Experience / Benchmark experience Duration ) x Allocated Percentage |
އިތުރު މަޢުލޫމާތެއް ސާފުކުރުމަށް ބޭނުންފުޅުވާނަމަ، ތިރީގައިވާ އީ މެއިލް އަށް މެއިލް ކުރެއްވުން ނުވަތަ ތިރީގައިވާ ނަންބަރަށް ގުޅުއްވުން އެދެމެވެ.
އީމެއިލް: [email protected]
ފޯނު ނަމްބަރު: 6560005
06 ޑިސެމްބަރ 2021